މަނަދޫ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެންގޮސް ވިއްކުމަށް ޝައުޤްވެރިވާ ފަރާތްތަތަކުން އެކަން ހުށަހެޅުމަށް އިއުލާން ކޮށްފި
އަންނަ ރަމްޟާން މަހު ނ. މަނަދޫ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެންގޮސް ވިއްކުމަށް ޝައުޤްވެރިވާ ފަރާތްތަތަކުން މަނަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ.
މަނަދޫ ކައުންސިލުގެ ޢިޢުލާނުގައިވާ ގޮތުން ރަމަޟާންމަހަށް ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެންގޮސް ވިއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް 1448 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް މާލެ ސަރަޙައްދުގައި ޤާއިމުކުރާ މާރުކޭޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އަންގަވާފައިވާ ކަމަށެވެ.
އެގޮރުގެ މަތިން މި މާރުކޭޓުގައި ބައިވެރިވެ ތަކެތި ވިއްކުމަށް ޝަޢުޤުވެރިވާ މަނަދޫގެ ދަނޑުވެރިން ކައުންސިލުން އާއްމުކޮށްފައިވާ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް މަނަދޫ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މަނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާން އާއި ފޯމް ހިމެނޭ ލިންކް
