News Featured

މާތޮޑާ އަވަށު ކުރީގެ އޮފީސް ޢިމާރާތް ހުރި ބިން 25 އަހަރަށް ކުއްޔަށް ދެނީ

Advertisement
މާތޮޑާ އަވަށު ކުރީގެ އޮފީސް ޢިމާރާތް ހުރި ބިން 25 އަހަރަށް ކުއްޔަށް ދެނީ
ތަފްޞީލް

ފަރެސްމާތޮޑާ މާތޮޑާ އަވަށު ކުރީގެ އޮފީސް ޢިމާރާތް ހުރި ބިން 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފަރެސްމާތޮޑާ ކައުންސިލު އިދާރާއިން އިއުލާން ކޮށްފިއެވެ.

 

ފަރެސްމާތޮޑާ މާތޮޑާ އަވަށު ކުރީގެ އޮފީސް ޢިމާރާތް ހުރި ބިން 25 ކުއްޔަ ނަގަން ޝައުޤްވެރިވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1 ޖެހެމުގެ ކުރިން ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިފައެވެ.

 

މި އިމާރާއް ކުއްޔަށް ދިނުމާއި ބެހޭގޮތުން ބާއްވާ ބާއްވާ ޕްރީ-ބިޑް މީޓިން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 04 ވަނަ ދުވަހު މެންދުރެ ފަހު 1 ޖަހާއިރު ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި ކަމަށް އެކައުންސިލް އިދާރާއިން ހާމަ ކުރެއެވެ.  

 

ފަރެސްމާތޮޑާ ކައުންސިލް އިދާރާއިން އިއުލާން ކޮށްފައިވާގޮތުން އަގު ހުށަހެޅުމަށް ބައިވެރިވެވޭނީ 1500 ރުފިޔާގެ ފީއެއް ދައްކައިގެން ބީލަން ފޮތް ގަނެގެން ކަމަށެވެ.

 

ބިޑް ރަޖިސްޓްރީ ފޯމް މިލިންކް ލިބިވަޑައިގަންނަވާނެ.


Topics:
Share this article: Facebook Twitter WhatsApp
Related Articles