މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026 ފެއްޓުން ޑރ. ޝަމްހީދު ޝަރަފްވެރި ކޮށްދެއްވައިފި

Advertisement
މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026 ފެއްޓުން ޑރ. ޝަމްހީދު ޝަރަފްވެރި ކޮށްދެއްވައިފި
Photo: Thiladhun
ތަފްޞީލް

މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށް، ކިމްސް މޯލްޑިވްސްއާ ހިންގުން ހަވާލުކޮށްގެން ކުރިއަށްގެންދާ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ފެއްޓުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު މިދިޔަ އަންގާރަ ދުވަހު ޝަރަފްވެރި ކޮށްދެއްވައިފިއެވެ.


މަކުނުދޫ ފްޓްސަލް ޕިޗްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ފްޓްސަލް ޓީމް ތަކާއި މަކުނުދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި މަކުނުދޫ ކައުންސިލްގެ ރައީސް، ކައުސިލަރުން ބައިވެރިވިއެވެ.


ފުޓްސެލް ޗެލެންޖް އިފްތިތާހް ކުރުމަށްފަހު ވަނީ 4 މެޗް ކުޅެފައެވެ. މިގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ފިރިހެން ޑިވިޝަންގެ ރޯނު އެފްސީ އާއި އިހްވާން އެފްސީ ބައްދަލުކޮށް 1-11 ބޮޑު ތަފާތަކުން މެޗް ކާމިޔާބު ކުރީ ރޯންލު އެފްސީން ނެވެ. ދެވަނަ މެޗްގައި ބައްދަލު ކުރީ އަންހެން ޑިވިޝަންގެ އިހްވާން ޖޫނިއާއަރ އާއި އިހްވާން އެސްސީ ބައްދަލު ކުރި މެޗް ކާމިޔާބު ކޮށްފައިވަނީ 2-10 ތަފާތަކުން އިހްވާން އެސްސީއެވެ.


މަކުނޫދޫ ކައުންސިލުން މައުލޫމާތު ދެއްވައި ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިއުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ "ކިމްސް މޯލްޑިވްސް" ގެ ފަރާތުންނެވެ. މި މުބާރާތުގެ އިތުރު ޕާޓްނަރުންނަކީ ބެސްޓް ޑައިވް އާއި ބިގްފިޝް މޯލްޑިވްސް ޓޫނާ އާއި މަކުނުދޫ ޔޫތް މޫވްމަންޓް އެވެ. މީޑިއާ ޕާޓްނަރަކީ ތިލަދުން އެވެ.


Share this article: Facebook Twitter WhatsApp
Related Articles