Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
News Featured

މާލޭސިޓީ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނެގިނެގުން ހުއްޓުވުމަށް ސިޓީ ކައުންސިލުން ކޯޓަށް

މާލޭސިޓީ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނެގިނެގުން ހުއްޓުވުމަށް ސިޓީ ކައުންސިލުން ކޯޓަށް
ފޮޓޯ:ސިޓީކައުންސިލް
ތަފްޞީލް

ދައުލަތަށް 14 ބިމެއް ނަގަން ސަރުކާރުން ނިންމި ނިންމުން ހުއްޓުވައިދިނުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް ، މާލެ ސިޓީ ކައުންސިލުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.


މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމިކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ މި މަހު 15 ގައެވެ.


އެހެންވެ، ކުއްލި ބައްދަލުވުމެއް ބާއްވައި، މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ނިންމީ، މި މަހު 16ގައެވެ. ސަރުކާރުން ބުނާ ގޮތުގައި، އެ ބިންތައް ނަގަން ނިންމީ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބި، މަޝްރޫއުތައް ކުރިއަށް ނުދާތީއެވެ.


އެ ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގެ ރިޔާސަތުގައި އިންނެވި ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒު ވިދާޅުވީ، ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެފައިވާތީ، ތަފުސީލުތައް ހިއްސާކޮށްދިނުމަށް އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.ނަމަވެސް، އެ ކަމާ ގުޅޭ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.


ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރުމުގެ ކުރިން ޝަކުވާއެއް ނުވަތަ ޚިޔާލެއްވާނަމަ އެންގުމަށް އެދިފައިވީ ނަމަވެސް އެ ފަދަ ޝަކުވާއެއް ނުވަތަ ޚިޔާލެއް ހުށަހެޅޭނީ އެ ބިންތަކުގައި ކުރުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލީ މައުލޫމާތު އެނގިގެންކަމަށް އިދާރާތަކަށް ފޮނުވި ސިޓީތަކުގައި ފާހަގަކުރި ކަމަށް މީކާއިލް ވިދާޅުވިއެވެ.


"ބިމާ ގުޅޭ ގޮތުން ހުރި ގާނޫނުތަކުގައި މި ފަދަ ހާލަތްތަކުގައި ފުރިހަމަ ކުރަން ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ ވަގުތީ އަމުރެއް ނެރެދިނުމަށް އަޅުގަނޑުމެން މިއަދު ވާނީ ކޯޓަށް ވެސް ހުށަހަޅާފައި" މީކާއިލް ވިދާޅުވިއެވެ.


ވޭތުވެދިޔަ މާޒީއަށް ބަލާއިރު މާލޭސިޓީ ކައުންސިލްގެ މޭޔަރަކަމަށް މާލޭ ރައްޔިތުން ހޮވަނީ އެ ދުވަސްވަރެއްގައި އޮންނަ އިދިކޮޅު ޕާޓީގެ ބޭފުޅެކެވެ. އެހެންކަމުން އެއިރަކު އޮންނަ ސަރުކާރަކާއެކު މާލޭ ސިޓީކައުންސިލަށް މަސައްކަތް ކުރަންޖެހެނީ ތަފާތު ދަތިތަކާއެކުގައެވެ. އެގޮތުން މިއީވެސް އޭގެ ސިލްސިލާއެކެވެ. 


Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all