Politics Featured

މާލޭގެ 14 ބިމެއް ސަރުކާރަށް ނެގި މައްސަލައިގައި ޤާނޫނީ ސުވާލު އުފައްދައި ސިޓީ ކައުންސިލުން ސުޕްރީމް ކޯޓަށް ދާން ނިންމައިފި

Advertisement
މާލޭގެ 14 ބިމެއް ސަރުކާރަށް ނެގި މައްސަލައިގައި ޤާނޫނީ ސުވާލު އުފައްދައި ސިޓީ ކައުންސިލުން ސުޕްރީމް ކޯޓަށް ދާން ނިންމައިފި
Atoll Times
ތަފްޞީލް

މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އިިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ނިންމި ނިންމުމަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.


މާލޭގެ މޭޔަރު އާދަމް އަޒީމްގެ ރިޔާސަތުގައި ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި އިއްތިފާގުން ނިންމާފައިވަނީ، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކަށް އަރައިގަނެ، ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ސަރުކާރުން ނަގާފައިވާ ބިންތަކުގެ މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށެވެ.


ސަރުކާރުން ކައުންސިލްގެ ދަށުން އަތުލި ބިންތަކުގެ ތެރޭގައި ސަލްޓަން ޕާކާއި، ރަސްފަންނު، އާޓިފިޝަލް ބީޗް، މަސް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު، ކާނިވާ ސަރަހައްދު، މަސްވެރިންގެ މައިދާން، އަދި ތައިސޭކޮށި ފަދަ މާލޭގެ ގިނަ އާންމު ސަރަހައްދުތައް ހިމެނެއެވެ.

މިނިސްޓްރީން ބުނެފައިވަނީ އެ ބިންތައް ދައުލަތަށް ނަގަން ނިންމީ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށްޓަކައި ކަމަށާއި، އެކަމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށެވެ. ނަމަވެސް، ކައުންސިލުން ފާހަގަކުރާ ގޮތުގައި ޤާނޫނުއަސާސީންނާއި ޤާނޫނުން ކައުންސިލަށް ދީފައިވާ ބާރުތައް އުނިކޮށް، ރައްޔިތުންގެ މުދާތަކެއް އެގޮތަށް އަތުނުލެވޭނެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް