ކުއްތާއާއި އޫރަކީ ނަޖިހެއް ކަމުގައި ވިޔަސް އެތަކެއްޗަށްވެސް ރަޙުމްކުރުމާއި އޯގާތެރިވުމަކީ ވާޖިބެއް: ޙުތުބާ

Advertisement
ކުއްތާއާއި  އޫރަކީ  ނަޖިހެއް ކަމުގައި  ވިޔަސް އެތަކެއްޗަށްވެސް  ރަޙުމްކުރުމާއި  އޯގާތެރިވުމަކީ  ވާޖިބެއް: ޙުތުބާ
ތަފްޞީލް

ކުއްތާއާއި އޫރަކީ މުސްލިމުންނަށް ނަޖިހެއްކަމުގައި ވިޔަސް އެ ތަކެއްޗަށް ވެސް ރަޙުމުކުރުމާއި އޯގާތެރިވުމަކީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް މީހަކު ފެންދިނުމުން މާތް الله އޭނާގެ ފާފަތައް ފުއްސަވައިދެއްވި ވާހަކަ ކީރިތި ރަސޫލާ ސ.އ.ވ އަޞްޙާބު ބޭކަލުންނަށް ކިޔައިދެއްވި ކަމަށާއި، އެކަން އެގޮތަށް ކުރުމުން ޘަވާބާއި ދަރުމަ ލިބޭނެތޯ އެބޭކަލުން ސުވާލުކުރެވުމުން ކޮންމެ ދިރޭ ފުރާނައަކަށް އިޙުސާންތެރިވުމުގައި ވެސް ދަރުމައާއި ސަވާބު ހުރި ކަމަށް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާ ކަމަށްވެސް ޙުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން ނަޖިސްކަންބޮޑު ޖަނަވާރަކަށް ހެޔޮކޮށްހިތުމުގެ ސަބަބުން މާތް الله އޭނާގެ ފާފަ ފުއްސަވައި، ސުވަރުގެއަށް ވެއްދެވި އިރު މާތް الله މާތްކުރައްވައި ޙުރުމަތްތެރި ކުރައްވައިފައިވާ އާދަމުގެ ދަރިޔަކަށް ހެޔޮކޮށްހިތުން އެކަލާނގެ ޙަޟުރަތުގައި ކޮންފަދަވާނެ ހެއްޔެވެ. ވީމާ އާދަމުގެ ދަރިޔެއްގެ އަބުރު ކަތިލައި އޭނާ ނިކަމެތިކޮށްފި ނަމަ އެ ކަމުގައި ހުންނާނޭ ފާފައިގެ ބޮޑުކަން ތަޞައްވުރު ކުރުމަށްވެސް ޙުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު ގެފުޅުވަށައި ޠަވާފުކުރައްވަމުން ގެފުޅަށް ނިސްބަތްކުރައްވައި ކީރިތި ރަސޫލާ ސ.އ.ވ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިބާގެ މާތް ކަމާއެވެ! ތިބާގެ ވަސްމީރުކަމާއެވެ! އަދި ތިބާގެ ޙުރުމަތްތެރިކަމާއި މަތިވެރިކަމުގެ ބޮޑުކަމާއެވެ! އެކަލާނގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ! اللهގެ ޙަޟުރަތުގައ،ި ތިބާގެ ޙުރުމަތަށްވުރެ މުއުމިނެއްގެ ޙުރުމަތް މާ މަތިވެރިއެވެ! އޭނާގެ މުދަލާއ،ި އޭނާގެ ލޭގެ ޙުރުމަތެވެ. އަދި އޭނާއާ މެދު  ހެޔޮ ގޮތުގައި މެނުވީ ހީނުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ. 

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް