News Featured

ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، ކުޑަކުއްޖަކަށްވެސް އަނިޔާވެއްޖެ!

Advertisement
ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، ކުޑަކުއްޖަކަށްވެސް އަނިޔާވެއްޖެ!
edition.mv
ތަފްޞީލް

ހދ. ކުޅުދުއްފުށީ އަމީނީ މަގުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް އެކަކު އަނެކަކު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.


ފުލުހުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ މެންދުރުފަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން ތިބި އަންހެނަކަށާއި ފިރިހެނަކަށެވެ. މި ދެ މީހުންނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދޭން ފަށާފައެވެ.


މި ހާދިސާގައި ދެ ސައިކަލު ޖެހިގެން ވިއްސައިގެން ދިޔަ ބައިތަކުން ޖެހި، މަގުމަތީގައި ހުރި 17 އަހަރުގެ ކުޑަކުއްޖެއްގެ ފަޔަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް