Ad #8We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
News Featured

ޚިދުމަތުގައި އުޅޭ ސިފައިންނަށް ބޯހިޔާވަހި ކަމުގެ އެހެން މަޝްރޫއެއް އަނެއްކާވެސް ފަށަނީ

ޚިދުމަތުގައި އުޅޭ ސިފައިންނަށް ބޯހިޔާވަހި ކަމުގެ އެހެން މަޝްރޫއެއް އަނެއްކާވެސް ފަށަނީ
ތަފްޞީލް

ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްޤީކުރުމުގެ މަސައްކަތް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފުން ޚާއްޞަ އިސްކަމެއް ދީގެން މި ވަގުތު ކުރިއަށް ގެންދަވާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ. 


މިކަން ހާމަކުރައްވާ އެވުޒާރާގެ ވެބްސައިޓްގައިވަނީ، ސިފައިންނަކީ ޙާލަތާއި ވަގުތާއި ތަނަށް ރިޢާޔަތްކޮށް އާއިލާއާ ދުރުގައި ރެއާއިދުވާލު ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވުމާ އެކު، ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއަރގެ ޚިދުމަތްތައް ރަނގަޅުކޮށް ތަރައްޤީކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެކެވެ.


ސިފައިން ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުޅާވެ ތަރައްޤީވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މި ޚިދުމަތާ ގުޅެމުންދާ ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދިހުށަހަޅާ ނިސްބަތް އިތުރުވުމުގެ ސަބަބުން، ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މި އަހަރުގެ ސިފައިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ.


މިގޮތުން ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ޚިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.


އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، މިކަން ކުރުމުގައި މި ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށް ޓަކައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންކަމަށާއި މިގޮތުން ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފްގެ ފަރާތުން މިވަގުތު ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. 


މިގޮތުން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށް ޓަކައި ދޫކުރެވިފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ ކުރިން އެ ފަރާތްތަކަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވާގޮތުގެ މަޢުލޫމާތު ހިއްސާކޮށް، މި ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއަހައި، ޙައްލުތައް ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުން ދާކަމަށްވެސް ވެއެވެ.


މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާ އެކު، މިހާރު ބަނޑޭރިކޮށި 1 ގައި ދިރިއުޅެމުން ދާ ފަރާތްތައް، އަލަށް ތަރައްޤީކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރާ ގޮތަށެވެ.


މި މަޝްރޫޢު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 އަންނަ އިރު ސިފައިންނަކީ ވަޞީލަތްތައް ފުރިހަމަވެފައިވާ ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދެވޭ ފެންވަރަށް ރައްޔިތުންނަށް ސިފައިން ދޭ ޚިދުމަތްތައް ފޯރުކޮށްދެއްވުން ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.


Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all