ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ސީދާ އެ ދުވަހު، 'ކުށްވެރިއެއް ނޫން' ކަމަށް ހައި ކޯޓުން ކަނޑައަޅައިފި!
ކްރިމިނަލް ކޯޓުން އިއްވި 1 އަހަރު ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަކޮށް، ޖަލުން ދޫކޮށްލަންޖެހޭ ސީދާ އެ ދުވަހު، އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ހުކުމްކުރުމުން ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސުލައިމާން ވަނީ ކުށެއް ނެތް މީހެއްގެ ގޮތުގައި މިނިވަންވެފައެވެ!
މި މައްސަލައަކީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު 28 ގައި ސުލައިމްހާން ރާއްޖެއަށް އެތެރެވިިއިރު، އޭނާގެ ދަބަހުން 2 ކިލޯއަށްވުރެ ގިނަ ރަން ފެނުނު މައްސަލައިގައި ކަސްޓަމްސް އާއި ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ. ކްރިމިނަލް ކޯޓުން އޭރު ނިންމީ އޭނާ ރާއްޖެއަށް ރަން އެތެރެކުރީ ސިއްރުން (ގާނޫނާ ހިލާފަށް) ކަމަށް ބުނެ 1 އަހަރަށް ޖަލަށް ލުމަށެވެ.
ރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވެ، ސުލައިމްހާން ޖަލުން ދޫކޮށްލާ ދުވަހުގެ އިންތިޒާރުގައި އިންދައި, އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު އެ ކޯޓުން އިއްޔެ ވަނީ ހުކުމް އިއްވާފައެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އޭނާ ރާއްޖެއަށް ގެނައި ރަނަކީ ސިއްރުން އެތެރެކުރި އެއްޗެއްކަން ދައުލަތަށް އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. މިއީ ނުހަނު އަޖައިބުުރުވަނިވި އިއްތިފާގެކެވެ؛ ސުލައިމްހާން ތަންފީޒުކުރަމުން ދިޔަ ޖަލު ހުކުމުގެ މުއްދަތު ސީދާ ހަމަވި ދުވަހު، ހައި ކޯޓުން މިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ކުށުން ބަރީއަކޮށްފައެވެ.
