Social Featured

"ހުވަފެނީ ކުޅިވަރު": ސޯޝަލް މީޑިއާގެ "ރީތި ކުއްޖާއަށް" ހިތްކިޔައި، ހުރިހާ އެއްޗެއް ވިއްކާލައިގެން 1,900 ކިލޯމީޓަރަށް ދިޔައިރު އެއީ އޭއައި އިން ހެދި އައި ޑީ އެއް!

Advertisement
"ހުވަފެނީ ކުޅިވަރު": ސޯޝަލް މީޑިއާގެ "ރީތި ކުއްޖާއަށް" ހިތްކިޔައި، ހުރިހާ އެއްޗެއް ވިއްކާލައިގެން 1,900 ކިލޯމީޓަރަށް ދިޔައިރު އެއީ އޭއައި އިން ހެދި  އައި ޑީ އެއް!
ތަފްޞީލް

ލޯބީގެ މަގުގައި މީހުން ނުކުރާނީ ކޮން ކަމެއްހެއްޔެވެ؟ ނަމަވެސް ބްރެޒިލްގެ އިމްޕަރޭޓްރިޒްއަށް ނިސްބަތްވާ 49 އަހަރުގެ އެޑިމާރ މާޓިންސްގެ ލޯބީގެ ދަތުރު ނިމުނީ ހިތްދަތި، އަދި އެހެންމެ ހީހީ ގޮސް ހަލާކުވާފަދަ މަޖާ ގޮތަކަށެވެ!

2020 އިން ފެށިގެން ސޯޝަލް މީޑިއާގައި 300,000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި "ޖެސިކާ" ނަމަކަށް ކިޔާ ދަނޑުވެރި، މުއްސަނދި އަދި ރީތި އަންހެން ކުއްޖެއްގެ ޕޭޖު ބަލަމުން އައި އެޑިމާރއަށް ޤަބޫލުކުރެވުނީ، އެ ކުއްޖާ އުޅެނީ އޭނާއާ ކައިވެނިކުރާނެ އަދި މާލީގޮތުން އެހީތެރިވެދޭނެ "ހެޔޮލަފާ ފިރިއަކު" ނުފެނިގެން ކަމަށެވެ.

މި ހުވަފެނުގައި ޖެހި، އެޑިމާރ ވަނީ އޭނާގެ ހުރިހާ ގެދޮރާއި އަތުގައި ހުރި ހުރިހާ ވަސީލަތްތަކެއް ވިއްކާލައި، ފައިސާ އެއްކޮށްގެން 1,900 ކިލޯމީޓަރު ދުރަށް (ބެލޯ ހޮރިޒޮންޓޭއަށް) ބަސް ދަތުރެއްގައި ފުރައިގެން ގޮސްފައެވެ.

ނަމަވެސް މަންޒިލަށް ވާސިލްވެ، "ޖެސިކާ" ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެހީއަށް އެދި ރޭޑިއޯ ސްޓޭޝަނަކަށް ދިއުމުން އޭނާއަށް ލިބުނީ ބޮޑު ސޮޮކެކެވެ!

ރޭޑިއޯ ސްޓޭޝަނުން މާޓިންސްއަށް އެންގީ އޭނާ އެ ހޯދާ އަންހެން ކުއްޖާއަކީ ދުނިޔޭގައި އުޅޭ މީހެއް ނޫން ކަމަށާއި، އެއީ އޭއައި (Artificial Intelligence) ބޭނުންކޮށްގެން ވީޑިއޯތައް ހަދައިގެން ވިއުސް ހޯދަން އުފައްދާފައިވާ "ވާޗުއަލް" ކެރެކްޓަރެއް ކަމަށެވެ. ގެދޮރާއި ސާމާނު ވިއްކާލައިގެން ދިޔަ މާޓިންސްއަށް އެނބުރި ރަށަށްދާނެ ފައިސާވެސް ނެތުމުން، އެންމެ ފަހުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭންޖެހުނީ އެ ސިޓީގެ ކައުންސިލުންނެވެ. މުޅި މީޑިއާއަށް މި ޚަބަރު ތިލަވެ، އެންމެން ހީހީ ގޮސް ހަލާކުވި ނަމަވެސް މާޓިންސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ! އޭނާ ބުނީ "ޖެސިކާ ނުފެނުނަސް، ދެން އުޅޭނީ އަސްލު އަންހެނަކު ހޯދައިގެން" ކަމަށެވެ.

ޒަމާނީ (AI) ގެ ވަސީލަތްތަކުން އުފައްދާ ފޭކު އެކައުންޓްތަކަށް ހިތްކިޔައިގެން ގެދޮރު ވިއްކާލުމުގެ ކުރިން، އެއީ "އަސްލު" މީހެއްތޯ ކަށަވަރުކުރުމަކީ މި ޒަމާނުގައި ވަރަށް މުހިންމު ކަމެއްކަން މާޓިންސްގެ މި ހިތާމަވެރި އަދި މަޖާ ދަތުރުން މިވަނީ ސާބިތުވެފައެވެ!

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް