Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ގަތުލްއާންމާއި ދެކޮޅަށް ފާސްކުރަންއުޅޭ ބިލް އެޖެންޑާއިން އުނިކޮށްފި

ގަތުލްއާންމާއި ދެކޮޅަށް ފާސްކުރަންއުޅޭ ބިލް އެޖެންޑާއިން އުނިކޮށްފި
ފޮޓޯ:މަޖިލިސްއިދާރާ
ތަފްޞީލް

ގަތުލްއާންމާއި ދައުލަތަށް ޣައްދާރުވުމަކީ ކުށެއް ކަމަށްހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރުމުގެ ނަމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް މިއަދުގެ ޖަލްސާގެ އެޖެންޑާއިން އުނިކޮށްފި އެވެ. 


ރައްޔިތުންގެ މަޖިލީހުން ރޭ އާންމުކުރި މިއަދުގެ ޖަލްސާގެ އެޖެންޑާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ސްޕޮންސާކޮށްފައިވާ ބިލުގެ ފުރަތަމަ ކިޔުން ތާވަލުކޮށް، އެ ބިލު ވެސް ވެބްސައިޓްގައި އާންމުކޮށްފައިވެ އެވެ.


ނަމަވެސް، ފަހުން އެ އެޖެންޑާ އުނިކޮށް އާ އެޖެންޑާއެއް ނެރުނެވެ. އެ އެޖެންޑާގައި ގާނޫނުލްއުގޫބާތުގެ އިސްލާހުގެ ބިލެއް ނެތެވެ. އެކަމަކު، މަޖިލީހުގެ ވެބްސައިޓުން ބިލު ފެންނަން އަދިވެސް އެބަ އޮތެވެ.


ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ވާހަކަ ރޭ މީޑިއާތަކުން ރިޕޯޓްކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ބިލުގައި އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރަމުންދަނީ، ގަތުލްއާންމުގެ ކުށާއި އެކަމަށް ގޮވާލާ ކުށް މި ދަނޑިވަޅާ ދިމާކޮށް ގެންނަން އުޅޭތީ އެވެ. 


އެކަމާ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިނގަން އުޅޭ މަޝްރޫއުއާ ދަނީ ގުޅުވަމުންނެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. 


އެ ކަންބޮޑުވުންތަކާ ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ގާނޫނުލްއުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ، ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. 


މިސަރުކާރަށް މިވީ 3 އަހަރު ދުވަހުގެ ތެރޭގައި މިފަދަ ގާނޫނެއް ނެތިގެން ކަންބޮޑުވުން ފާޅުކުރީ ކޮން ގައުމަކުން ތޯއެވެ. އެފަދަކަމެއް މި މުޖުތަމައުގައި ހިންގަނީތޯއެވެ. އދ.ގެ ކޮންވެންސަނާ އެއްގޮތަށް 45 އަހަރު ވީއިރު ނެތް ގާނޫނެއް މިވަގުތާ ދިމާކޮށް ވުޖޫދުކުރަން އުޅޭތީ ގިނަބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.  


ގަތުލްއާންމާއި އެކަމަށް ގޮވާލުމާއި ދައުލަތަށް ހިޔާނަތްތެރިވުން އަދި އިގުތިސޯދަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ބުނެފައިވަނީ ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި ކަންތައްތަކެއް ހިންގުމަކީ ކުށެކެވެ.


އެ އަމަލުތައް ކުރުމުގެ އިތުރުން އެ ކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ. މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.


Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all