ފުޓްބޯޅަ އާއި ފުޓްސަލް ބޭސިކް ރެފްރީކޯސް ބައިވެރިވުމަށް އެފްއޭ މޯލްޑިވްސް އިން ހުޅުވާލައިފި
ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީކޯސް ބައިވެރިވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއޭއެމް) އިން ހުޅުވާލައިފިއެވެ.
އަންހެނުންނަށާއި ފިރިހެނުންނަށް ވަކިވަކި ކުރިއަށް ގެނދިއުމަށް ހަމަޖެހިފައި މިކޯހުގެ ފިރިހެނުންނަށް ހިންގާ ކޯސް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 5 ން 10 އަށް ކަމަށާއި އަދި އަންހެނުންނަށް ހިންގާ ކޯސް ކުރިއަށް ގެންދާނީ 3 ން 13 އަށް ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެއްވައެވެ.
މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި ސެމްޓެމްބަރުގެ 30 ވަނަ ދުވަހުގެ ކުރިން އެފްއޭއެމްއަށް ހުށަޅުމަށް އެ ޖަމުއިއްޔާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. މި 2 ކޯހުގައިވެސް ބައިވެރި ވެވޭނީ އުމުރުން 18 އަހަރު ފުރިހަމަވެ، ގްރޭޑް 7 ން ފާސްވެފައިވާ އިނގިރޭސި ބަހުން ރަނގަޅަށް ވާކަހަ ދައްކަން އެނގުމާއެކު ލިޔަން އެނގޭ ފަރާތްތަކަކަށް ކަމަށް އެފްއޭ މޯލްޑިވްސްއިން މައުލޫމާތު ދެއްވައެވެ.
ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީކޯހުގައި ފިރިހެނުން ފުރަންޖެހޭ ފޯމަށް މިލިންކަށް ފިތާލެއްވުމުން ވަދެވޭނެ
ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީކޯހުގައި އަންހެނުން ފުރަންޖެހޭ ފޯމަށް މިލިންކަށް ފިތާލެއްވުމުން ވަދެވޭނެ
