News Featured

ފުއްގިރި މައްސަލާގައި ޔާމީނު ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި

Advertisement
ފުއްގިރި މައްސަލާގައި ޔާމީނު ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި
ތަފްޞީލް

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއް އަޑު އެހެން ކްރިމިނަލް ކޯޓްގައި ތާވަލް ކޮށްފިއެވެ.


ޔާމީނުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ދެމައްސަލައަކީ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާ އަތޮޅު ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގ ކުރުމާއި ޔާމީނުގެ ވެރިކަމުގެ ދުވަސްވަރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ވާވު އަތޮޅު އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިން ކޮށްފައިވާ މައްސަލައިގެ ދަޢުވާއެވެ.


އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ދަޢުވާކުރާ މި ދެމައްސަލަ ތެރޭގައި ކޯޓް ތަކުގެ މަރުޙަލާ ތަކުގައި، އެކިފަހަރު ޙުކުމް އިއްވާފައިވާ، ބައެއް ޙުކުމްތައް ބާޠިލް ކޮށްފައިވާ އަދި އިތުރަށް ބެލުމަށް ހުކުމް ކޮށްފައިވާ މައްސަލަތަކެކެވެ.


މި ދެމައްސަލަ ތާވަލް ކޮށްފައިވަނީ ފުއްގިރި މައްސަލައިގެ އަޑުއެހުން މި ސެޕްޓެމްބަރު 23 ވަނަ ދުވަހު އާއި އާރަށުގެ މައްސަލަ މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.


Share this article: Facebook Twitter WhatsApp
Related Articles