އެޓްލާންޓިކް ކަނޑަށް 'އެމެރިކަން އޯޝަން' ކިޔަން ޓްރަންޕް އެދުމުން، ގޫގުލްގެ ސީއީއޯ ދިނީ 'ނޫނެކޭ'!
ދުނިޔޭގެ ޗާޓުތަކާއި ކަނޑުތަކުގެ ނަންތައް ބަދަލުކުރެއްވުމުގެ ޝައުޤުވެރިކަން ގެންގުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ އާ 'ހުށަހެޅުއްވުމަކަށް' ގޫގުލްގެ ސީއީއޯ ސުންދާރު ޕިޗާއީ ހުރަސްއަޅުއްވައިފިއެވެ!
ދެކުނު ކެރޯލައިނާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ބައިވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަންޕް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ކަނޑުތަކުގެ ތެރޭގައި ހިމެނޭ އެޓްލާންޓިކް ކަނޑުގެ ނަން "އެމެރިކަން އޯޝަން" ނުވަތަ "ޓްރަންޕް އޯޝަން" ގެ ނަމަށް ބަދަލުކުރުމާ މެދު ގޫގުލް މެޕްސްއާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
ނަމަވެސް، ގޫގުލްގެ ސީއީއޯ ސުންދާރު ޕިޗާއީ ވަނީ އެކަމަށް ވަގުތުން ދެކޮޅު ހައްދަވާފައެވެ. ޓްރަންޕް ވިދާޅުވި ގޮތުގައި ޕިޗާއީ ވިދާޅުވީ: "ނޫނެކޭ، ނޫނެކޭ! މިފަހަރު ތިކަމެއް ނުކުރެވޭނެ. ކަނޑުތަކަކީ ތަފާތު އެއްޗެއް. އެއީ ވަރަށް ގިނަ ޤައުމުތަކާ ގުޅިފައިވާ ތަންތަން. އަޅުގަނޑުމެން ކިބައިން ތިކަމަށް ނޭދޭށެވެ."
ނަމަވެސް، މުޅި ދުނިޔެއަށް އެކުލެވިގެންވާ ބޮޑު ކަނޑެއްގެ ނަން ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ކާޓޯގްރަފީ (ޗާޓު ކުރެހުމުގެ) އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށްވާތީ، ގޫގުލްއިން އެކަމާ ދެކޮޅުެހެދުމުން ޓްރަންޕް ވަނީ އެކަން އެގޮތުގައި ދޫކޮށްލައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
