News Featured

އެކްސިޑެންޓްވެ ފަރުވާ ދެމުންދިޔަ މުއްދަރިސް އަފީފު ނިޔާވެއްޖެ

Advertisement
އެކްސިޑެންޓްވެ ފަރުވާ ދެމުންދިޔަ މުއްދަރިސް އަފީފު ނިޔާވެއްޖެ
ތަފްޞީލް

ހުޅުމާލެ ފިޔަވަހި ދޭއްގައި މިދިޔަ އޮގަސްޓް މަހު 31 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސްޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި މުދައްރިސް (މުޙައްމަދު އަފީފް، މާޖެހިގެ، ޅ. ކުރެންދޫ) ޓްރީޓޮޕް ހޮސްޕިޓަކުގައި ވެންޓިލޭޓަރުގައިފަރުވާ ދެމުން ދަނިކޮށް 2026 ސެޕްޓެމްބަރު 15 ވަނަ ދުވަހު ނިޔާވެއްޖެއެވެ.

 

އެކްސިޑެންޓްގައި ނިޔާވި އުމުރުން 62 އަހަރުގެ މުޙައްމަދު އަފީފަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އެއަށްފަހު ސިކުނޑިއަށް ލޭއެޅި ހާލު އިތުރަށް ސީރިއަސްވުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް، ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފއިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

 

މި އެކްސިޑެންޓްގައި ނިޔާވެފައިވާ މުޙައްމަދު އަފީފުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ އޭނާގެ 24 އަހަރުގެ ދަރިފުޅަށްވެސް ވަނީ އަނިޔާތަކެއް  

 

ތައުލީމީ ދާއިރާގައި ޚިދުމަތްކޮށްފައިވާ މުޙައްމަދު އަފީފް ވަނީ ދިވެހި ބަސް ދަރިވަރުނަށް އުގަންނާ ދިނުމުގައި ދިގު މުއްތެއްގައި ޚިދުމަތް ކޮށްދެއްވާފައެވެ. މިގޮތުން ސަރުކާރުން ހިންގެވި ބައެއް ސުކޫލްތަކާއި އަމިއްލަ ފަރާތްތަތަކުން ހިންގެވި ބައެއް ސްކޫލްތަކުގައި ވަނީ ކިޔަވައި ދެއްވާފައެވެ. 


Topics:
Share this article: Facebook Twitter WhatsApp
Related Articles