Sports Featured

އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ދިއްދޫ އަދި ގައްދޫ ކްލަބަށް ދޭން އިއްތިފާގުން ފާސްކޮށްފި!

Advertisement
އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ދިއްދޫ އަދި ގައްދޫ ކްލަބަށް ދޭން އިއްތިފާގުން ފާސްކޮށްފި!
Photo: FAM photo gallery
ތަފްޞީލް

ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ މެންބަރު ކްލަބްތަކުގެ އިއްތިފާގުން، ހއ. ދިއްދޫ ސްޕޯޓްސް ކްލަބާއި ގދ. ގައްދޫ ރެކްރިއޭޝަން ކްލަބަށް އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ދިނުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މީރުމާ ހޯލުގައި ބޭއްވުނު އެފްއޭއެމްގެ ހާއްސަ ކޮންގްރެސްގައެވެ. ކޮންގްރެސްގައި ބައިވެރިވި ބޭފުޅުންގެ އަޣުލަބިއްޔަތުން މިއީ ދިވެހި ފުޓްބޯޅަ މުޅި ރާއްޖެއަށް ފުޅާކުރުމަށާއި އިތުރު އަތޮޅުތަކަށް ފުރުސަތުތައް ހުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

މި ދެ ކްލަބަކީވެސް މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާގައި ވާދަކުރަމުން އަންނަ ދެ ޓީމެވެ. އެފްއޭއެމްގެ ގަވާއިދުތަކާ އެއްގޮތަށް މެންބަރުކަން ލިބުމާއެކު، އެފްއޭއެމްގެ ނިންމުންތަކުގައި ވޯޓު ދިނުމުގެ ހައްގާއި އެސޯސިއޭޝަނުން ފޯރުކޮށްދޭ އެކި ފެސިލިޓީތަކާއި އެހީތެރިކަން މި ދެ ކްލަބަށް ފުރިހަމައަށް ލިބިގެންދާނެއެވެ.

އެފްއޭއެމްއިން ވަނީ މި ތާރީޚީ ނިންމުމާ ގުޅިގެން ދިއްދޫ އަދި ގައްދޫގެ ސަޕޯޓަރުންނަށާއި ފުޓްބޯޅަ އާއިލާއަށް މަރުޙަބާ ކިޔާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް