ދ.މީދޫގައި އަލިފާން ނިއްވުމާގުޅޭ ތަމުރީން ޕްރޮގްރާމެއް އެމްއެންޑީއެފްއިން ހިންގައިފި
ދ. މީދޫގައި ހުންނަ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ދ. މީދޫ ޕޮލިސް ސްޓޭޝަނުގެ އެދިލެއްވުމުގެ މަތިން، ދ. މީދޫ ކައުންސިލް އިދާރާގައި އޮކްޓޫބަރު 29ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވާ ވއެވެ.
މީދޫގައި ހިންގި މި ޕްރޮގްރާމްގައި، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައި ދީފައިވާކަމަށް އެމްއެންޑީއެފުން މަޢޫލޫމާތު ދެއްވައެވެ.
ޖުމްލަ 37 މުވައްޒަފުން ބައިވެރިވި މި ސެޝަނުގައި މުދައްރިބުންގެ ގޮތުން ހަރަކާތްތެރިވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންކަމަށް ވެސް އެމްއެންޑީއެފުން މަޢޫލޫމާތު ދެއްވިއެވެ.

