Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp

ދާންދޫ އިން ދިރިއުޅުމަށް 30 ގޯތި ދޫކުރަނީ

ދާންދޫ އިން ދިރިއުޅުމަށް 30 ގޯތި ދޫކުރަނީ
Photo: Maldives Virtual Tour
ތަފްޞީލް

ގއ. ދާންދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް 07 ޖަނަވަރީ 2020ވަނަ ދުވަހު ކުރެވުނު މި ކައުންސިލުގެ ނަންބަރު: (IUL)410-C/410/2020/3 އިޢުލާނު ބާޠިލުކޮށް، ދާންދޫގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޯތިތަކުގެ ތެރެއިން، ދިރިއުޅުމަށް ގޯއްޗަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

 

ދާންދޫ ކައުންސިލުން އާއްމު ކޮށްފައިވާ ގޮތުގައި އެރަށުން ދޫކުރަނީ 1600 އަކަފޫޓްގެ 30 ގޯއްޗެވެ. ދާންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ފަހުގެ އުޞޫލުގައިވާގޮތުން ދާންދޫއިން ބިމެއް ނުވަތަ ބިމުގެ ބައެއް (600 އަކަފޫޓަށްވުރެ ބޮޑުނުވާ) ލިބިފައިނުވާ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހިރައްޔިތަކަށް އެދެވޭނެއެވެ.

 

ގޯތި ބޭނުންވާ ފަރާތްތަކުން، ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 15 އޮކްޓޯބަރ 2026ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ދާންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.  

 

ދާންދޫ އިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ 30 ގޯއްޗަށް އެދުމަށް ހުށަހަޅާ ފޯމާއި އުޞޫލު މިލިންކްން ބަލައިލެވޭނެ. 


Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all