އައްޑޫ ވިލިނގިލީގެ 15 މޭލުން ބޭރުގައި ކަނޑުފައްޗެއް އަަޅައިފި
ދިވެހިރާއްޖޭގެ މަސްވެރިންގެ ފަސޭހައަަށް ދައުލަތުން ޤާއިމް ކުރަމުންދާ އޮއިވާލި ކަނދުފަތި އެޅުގެ މަސައްކަތުގެ ތެރެއިން ދޮށީގެ މަސްވެރިކަން ކުރާ ފަރާތަކަށް ޚާއްޞަކޮށްގެން އައްޑު އަތޮޅު ވިލިގިނލީ އިރުން 15 މޭލު ބޭރުގައި ކަނޑުފައްޗެއް އަޅައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން އޯޝަން ރިސޯސަސް އިން ހާމަމޮށްފައިވާ ގޮތުގައި އައްޑު އަތޮޅު ވިލިގިލީގެ 15 މޭލު ބޭރުގައި އެޅި އޮއިވާލި ކަނދުފަތި އަޅާފައިވަނީ 2026 ސެޕްޓެމްބަރު 12 ވަނަ ދުވަހުއެވެ.
ކަނދުފަތީގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެން ދެއެވެ.
ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައިވާ އޮއިވާލި ކަނދުފަތިތަކަށް ގެއްލުންވުމާއި ކަނޑައިގެން ދިއުމުގެ ސަބަބުން އައު ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދައުލަތުގެ ފަރާތުން ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް އަބަދުވެސް ކުރަމުން ގެންދެއެވެ.
