News Featured

143 ތަމްރީނު ޕްރޮގްރާމް ހިންގާދޭނެ ފަރާތްތަކެއް ހޯދަނީ

Advertisement
143 ތަމްރީނު ޕްރޮގްރާމް ހިންގާދޭނެ ފަރާތްތަކެއް ހޯދަނީ
Photo: Social Media
ތަފްޞީލް

ޒުވާނުން ތަމްރީންކުރުމަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ޕްރޮގްރާމްތައް ހިންގައިދޭން ޝައުޤުވެރިވާ ފަރާތްތަކުން އެކަށް އެދި ބީލަން ހުށަހެޅުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ހުޅާލައިފިއެވެ.


ތަފާތު  ދާއިރާއަކުން 143 ތަމްރީނު ޕްރޮގްރާމް ހިންގުމަށް ކޮންމެ ދާއިރާއަކުން 3 އިންސިޓިއުޓު ހޮވުމަށް ބޭނުންވާ ކަމަށާއި މި ޕްރޮގްރާމް ތަކުގެ ބޭނުމަކީ މަސައްކަތުގެ މާޙައުލުގައި ތިބެގެން، އެމަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތް ދަސްކޮށް، ޤައުމީ ފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމަށް ފުރުޞަތު ހުޅުވާލުން ކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި ޕްރޮގްރާގެ ދަށުން ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގެ މުއްދަތަކީ 6 މަސްދުވަސް ކަމަށާއި ސެޓްފިކެޓް ލެވެލް 4 ގެ ކޯހުގެ މުއްދަތަކީ 12 މަސްދުވަސް ކަމަށެވެ.

 

ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލްގެ 3 ނުވަތަ 4 ގެ ސަނަދު ލިބިގެންދާ މި ތަމްރީނު ޕްރޮގްރާމްތައް ހިންގާނީ "މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"ގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްސް" ތަކާއި އެއްގޮތަށް ކަމަށާއި ތަމްރީނު ތަކުގައި ފާސްވާ ފަރާތްތަކަށް އެމްއެންކިޔޫއެފް ލެވެލް 3 ނުވަތަ 4ގެ ސަނަދު ލިބިގެންދާ ކަމަށްވެސް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އާއްމު ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައު ވަނީ ބަޔާން ކޮށްފައެވެ.

 

އެމިނިސްޓްރީން އިއުލާން ކޮށްފައިވާގޮތުން ތަމްރީނުތައް ހިންގުމަށް ޝައުޤުވެރިޥާ ފަރާތްތަކުން 2026 ސެޕްމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ބިޑް ފޯމް ފުރިހަމަކޮށް ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލައިފައެވެ. އަދި މިތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްދިނުމަށް ޝައުޤުވެރިކަން ފައުޅުކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން 2026 ސެޕްޓެމްބަރު 24 ވަނަ ދުވަހު ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިވަޑައިގެފައެވެ.

 

އިތުރު މައުލޫމާތާއި ތަފްޞީލް މި ލިންކަށް ފިއްތަވާލެވުމުން ލިބިވަޑައިގަންނަވާނެއެވެ. 


Topics:
Share this article: Facebook Twitter WhatsApp
Related Articles