Latest News
އެންމެ ފަހުގެ ޚަބަރު
654 articles
ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު އެންމެ އުސް ފެންތާނގީ އަންނަ އަހަރު ބޭނުން ކުރެވޭނެ - ފަހުމީ News
ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު އެންމެ އުސް ފެންތާނގީ އަންނަ އަހަރު ބޭނުން ކުރެވޭނެ - ފަހުމީ
ދިވެހިރާއްޖެގައި މިހާތަނަށް ޤާއިމް ކުރާ އެންމެ ބޮޑު އަދި އެންމެ އުސް ފެންތާނގީ 2026 ވަނަ އަހަރު ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަސްތެރޭ ބޭނުން ކުރެވެން ފެށޭނެ ކަމަށް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
Aug 26, 2026 120
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެންބޯޑިއާއަށް ވަޑައިގެންފި Politics
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެންބޯޑިއާއަށް ވަޑައިގެންފި
މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޞޫއަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން މަޖިލީހުގެ ރައީސް ތަޤްރީރު ކުރެވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ދެއްވައެވެ.
Aug 26, 2026 125
މިހާތަނަށް ހިމަބިހި ޖެހިފައިވަނީ 243 ފަރާތަކަށް - އެޗްޕީއޭ Health
މިހާތަނަށް ހިމަބިހި ޖެހިފައިވަނީ 243 ފަރާތަކަށް - އެޗްޕީއޭ
މިހާތަނަށް ހިމަބިހި ޖެހިފައިވަނީ 243 ފަރާތަކަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން އާއްމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު ނިމިދިޔަ ހަފްތާގައި 17 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ. މި 17 މީހުންނަކީވެސް މާލޭ ސަރަޙައްދުން ހިމަބިހި ޖެހިފައިވާ މީހުން ކަމަށެވެ.
Aug 26, 2026 143
ސަރުކާރަށް ލިބޭހާ ޑޮލަރެއް އިސްރާފު - މާލޭގެ މޭޔަރު Politics
ސަރުކާރަށް ލިބޭހާ ޑޮލަރެއް އިސްރާފު - މާލޭގެ މޭޔަރު
މޭޔަރު އާޒިމް ފާހަގަ ކުރެއްވި ގޮތުގައި މިވަގުތައް ބޭނުން ނުވާ ރަސްމާލެ ހިއްކުމާއި ޑްރޯން ގަތުމާއި ހަތިޔާރު ގަންނަން ޑޮލަރު ހޭދަކޮށް ތަޅާ ހުސްކުރުމަކީ އިސްރާފް ކުރުމެވެ. އަދި އާއްމު ރައްޔިތުން ގައިގަ އަތްލަންޖެހޭނީ ސަރުކާރުން އިސްރާފު ކުރުން ހުއްޓާލުމަށް ފަހުގައި ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.
Aug 25, 2026 119
އާއްމުކޮށް ބޭނުން ކުރާ ފޯނާއި ކޮންޕިއުޓަރު އެޕްލިކޭޝަންތައް ސަބްސްކްރިޕްޝަން ދައްކަންވެސް ޑޮލަރެއް ނުލިބޭ News
އާއްމުކޮށް ބޭނުން ކުރާ ފޯނާއި ކޮންޕިއުޓަރު އެޕްލިކޭޝަންތައް ސަބްސްކްރިޕްޝަން ދައްކަންވެސް ޑޮލަރެއް ނުލިބޭ
އާއްމުކޮށް ބޭނުން ކުރާ ފޯން ކޮންޕިއުޓަރ އެޕްލިކޭޝަންތައް ސަބްސްކްރިޕްޝަން ދައްކަންވެސް ޑޮލަރެއް ނުލިބޭ ކަމުގެ ޝަކުވާތައް އިތުރުވާން ފަށައިފިއެވެ. މިގޮތުން އިންޓަނެޓްން ބޭނުން ކުރާ ބައެއް ވެބްސައިޓް ތަކާއި ބައެއް އެޕްލިކޭޝަން ތަކަކީ ފައިސާ ދައްކާއިގެން ބޭނުން ކުރާ ވަޞީލަތް ތަކެއް ކަމުން މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ދައްކަންޖޭ ފައިސާ ދެއްކުމަށް ޑޮލަރު ނުލިބުމުގެ ޝަކުވާތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
Aug 25, 2026 175
ބައްދަލު ވުމަށް ހަފްތާއެއް ނުވަނީސް ނިންމުން ބަދަލު ކުރުމަކީ ކަންބޮޑު ވާކަމެއް – މަޓީ News
ބައްދަލު ވުމަށް ހަފްތާއެއް ނުވަނީސް ނިންމުން ބަދަލު ކުރުމަކީ ކަންބޮޑު ވާކަމެއް – މަޓީ
އެ ޖަމުއިއްޔާއިން ފާހަގަ ކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައިވެސް %20 ން %40 އަށް މާރުކުރަން ޖެހޭ ގޮތް ބަދަލު ކުރަން މަޝްވަރާއެއް ހޯދާފައި ނުވާކަމަށެވެ. އަދި އެ ޖަމުއިއްޔާގެ ސްޓޭންޑަކީ މަރުކަޒީ ބޭންކަށް މާރު ކުރަންޖެހޭ މިންވަރު އާމްދަނީގެ %10 އަށްވުރެ ބޮޑު ނުވާނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.
Aug 25, 2026 219
ލިބޭ އަމްދަނީގެ %40 މާރު ކުރުމަކީ ބޮޑު ބުރައެއް - މަޓީ News
ލިބޭ އަމްދަނީގެ %40 މާރު ކުރުމަކީ ބޮޑު ބުރައެއް - މަޓީ
މިކަމާއި ގުޅިގެން މަޓީގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަރުކަޒީން ބޭންކް ހުށަހަޅާ އިސްލާޙްގައިވާ %40 އަކީ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓްތަކަށް އުލޭނެވަރުގެ ބުރައެއް ނޫން ކަމަށާއި މިހާރުވެސް ރިސޯޓްތަކުން ހިންގާ މައިގަނޑު ހުރިހާ މުޢާމަލާތެއް ކުރަމުންދަނީ ޑޮލަރުން ކަމަށް ވާތީއެވެ.
Aug 25, 2026 198
އުރީދޫ މަސްރޭސް މިފަހަރު ކުރިއަށް ދާނީ މާފުށީފައި News
އުރީދޫ މަސްރޭސް މިފަހަރު ކުރިއަށް ދާނީ މާފުށީފައި
މި މަސްރޭހުގައި އެއްވަނަ އަންނަ ޓީމަށް 25 ހާސް ރުފިޔާ އިނާމު ކަނޑައަޅާފައި ވާއިރު ދެވަނަ އަށް އަންނަ ޓީމަށް 10 ހާސް ރުފިޔާ އަދި 3 ވަނަ އަށް އަންނަ ޓީމަށް 5 ހާސް ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
Aug 25, 2026 125
40  އަހަރު ނުވަނީސް ޓެކްސީ ނުދުއްވޭ ގޮތް ސްރީލަންކާގައި ހަދަނީ؟ ރާއްޖެއަށްވެސް މިފަދަ ފިޔަވަޅެއް އަތުވެދާނެތަ؟ World
40 އަހަރު ނުވަނީސް ޓެކްސީ ނުދުއްވޭ ގޮތް ސްރީލަންކާގައި ހަދަނީ؟ ރާއްޖެއަށްވެސް މިފަދަ ފިޔަވަޅެއް އަތުވެދާނެތަ؟
އަވައްޓެރި ސްރީލަންކާގެ ސަރުކާރުން މިހާރު ތައްޔާރުވަމުން ދަނީ ޒުވާނުން ސުކޫލު ނިންމުމަށްފަހު ވަގުތުން ތުރީ-ވީލަރު (ޓުކްޓުކް) ދުއްވުމުގެ މަސައްކަތަށް ނުކުތުން ހުއްޓުވުމަށެވެ. އެގޮތުން ތުރީ-ވީލަރު ދުއްވޭނެ އެންމެ ދަށް އުމުރަކީ 40 އަހަރު ކަމުގައި ހަމަޖެއްސުމަށް ސަރުކާރުން ދަނީ ވިސްނަމުންނެވެ.
Aug 24, 2026 264
އެމްޓީސީސީގެ ހިއްސާ އަކަށް 3 ރުފިޔާ ބަހަށް ހުށަހަޅަނީ Business
އެމްޓީސީސީގެ ހިއްސާ އަކަށް 3 ރުފިޔާ ބަހަށް ހުށަހަޅަނީ
2025 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި އެމްޓީސީސީން ހިއްސާ ދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 24،113327.0 ރުފިޔާއެވެ.
Aug 24, 2026 187
މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އައި ފަތުރުވެރިންގެ %3.8 މަދު ވެއްޖެ. News
މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އައި ފަތުރުވެރިންގެ %3.8 މަދު ވެއްޖެ.
މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އައި ފަތުރުވެރިންގެ %3.8 މަދު ވެއްޖެކަމަށް ފަތުރުވެރި ކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރު މިހާތަނަށް ދިވެހިރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 1،405،082 ފަތުރުވެރިން ނެވެ.
Aug 24, 2026 165
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި 4 މީހަކަށް އަނިޔާ ވެއްޖެ. News
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި 4 މީހަކަށް އަނިޔާ ވެއްޖެ.
ރޭ ފަތިހުގެ ވަގުތުގައި މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
Aug 24, 2026 141