Latest News
އެންމެ ފަހުގެ ޚަބަރު
654 articles
ސްޓެލްކޯ އާއި އެމްޓީސީސީއަށް ދެންވާނީ ކިހިނެއް؟
ފެނަކަ އާއި އާރުޑީސީ، ސްޓެލްކޯ އަދި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަކީ ކަރުދާހުގައި ރަނގަޅު ޚިޔާލަކަށް ވިޔަސް، އަމަލީ ގޮތުން މިއީ އިންތިހާ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. މުވައްޒަފުންގެ ބޮޑު އަދަދާއި، ބޮޑެތި ދަރަނިތަކުގެ ސަބަބުން ސްޓެލްކޯ އާއި އެމްޓީސީސީގެ ހަމަޖެހުން ގެއްލިދާނެއެވެ. ޚާއްޞަކޮށް އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި، މި ނިންމުންތައް ތަންފީޒުކުރުމުގެ ކުރިން ވަރަށް ފުންކޮށް ދިރާސާކޮށް، މާލީ ގޮތުން ރައްކާތެރި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ނޫންނަމަ، ރަނގަޅު ކުރަން އުޅުނު ކަމަކުން މުޅި ނިޒާމު އިނދަޖެހިގެން ހިނގައިދާނެއެވެ.
3 މިނިސްޓްރީ އަނދާ ހުލިވުން، ރައީސް ޔާމީނުގެ ތުހުމަތު ރައީސް މުއިއްޒުގެ އަރިސް މީހަކަށް، ސުވާލު ކުރުމަށް ރައީސް ޔާމީނު ފުލުހަށް
3 މިނިސްޓްރީ ހުރި ޢިމާރާތްތައް (މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެން އެންޑް އެނަރޖީ) އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މާލޭ ސިޓީކައުންސިލް އިދާރާގެ ބައެއް މަސައްކަތް ހިންގަމުން އައި ތަންތަން އަނދައި ހުލިވެގެން ދިޔަ ހާދިސާއާއި ގުޅިގެން އެތަން ރޯކޮށްލީ ކާކުކަން ފުލުހުންނަށް އިނގޭނެ ކަމަށާއި ފުލުހުންގެ އަތުގައި އެ މައުލޫމާތު އެބަހުރި ކަމަށެވެ. އަދި އެއީ ރައީސް މުޢިއްޒު އާއި ކިހާ ގާތް މީހެއްކަންވެސް އިނގޭ ކަމަށާއި ފިޔަވަޅު އަޅަން ބޭނުން ނުވަނީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މެޑިކަލް ޓޫރިޒަމާއި ކެންސަރު ބަލީގެ ފަރުވާގެ ޚިދުމަތް ފަށަނީ
ސިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމަށް އިންވެސްޓް ކުރަމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކަމަށާއި، ދިވެހިން ޚާއްޞަ ފަރުވާ ހޯދުމަށް ތަކުރާރުކޮށް އެހެން ޤައުމުތަކަށް ދާން ނުޖެހޭގޮތަށް، ޒަމާނީ ފަހުގެ ފަރުވާ ރާއްޖެއިން ލިބޭނޭގޮތް ހެދުމަށް އަބަދުވެސް އިސްކަމެއްދީ އެމަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.
'ސްޕަރބްރޭންޑްސް' ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކޮށްފި
ސްޕަރބްރޭންޑްސް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެން ދީދީ ވިދާޅުވީ ސްޕަރބޮރޭންޑްސްގެ ސަބަބުން، މަޝްހޫރު މޮޅު ބްރޭންޑްތައް ދެނެގަނެވުމުގެ އިތުރުން، ތަކެއްޗާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން މުހިންމުވެ، ފެންވަރު ހިފެހެއްޓުމަށް އީޖާދީހައްލުތައް ނެރުމަށް އާދަވެ، އިތުބާރަކީ މުއާމަލާތުގެ މުގުލަކަށް ވެގެންދާނެ ކަމަށެވެ.
ރައީސް ޔާމީނުގެ "ވެރިކަން ނިމުނީ ރައްޔިތުންގެ ބައިތުލް މާލު ދަވާލުމުން" – މަޖިލިސް ރައީސް ޢަބްދުއްރަހީމް
ކުރީގެ ރައީސް ޔާމީނު ދައްކަވާ ވާހަކަތަކަށް ވަރަށް ހޫނު ރައްދު ދެއްވަމުން ޢަބްދުއްރަހީމް ވިދާޅުވީ ޑރ. މުއިއްޒު އާއި ފަލާހާއި ޢަބްދުއްރަހީމްގެ ވެރިކަން އަދި ނުނިމޭ ކަމަށާއި ނިމުނީ ރައީސް ޔާމީނުގެ ވެރިކަން ކަމަށެވެ. ރައީސް ޔާމީނަށް ނިސްބަތްވާ ގޮތަށް ވިދާޅުވީ "ނިމުނީ އެބޭފުޅާގެ ވެރިކަން. ވެރިކަން ނިމުނީ ކިބުރުވެރި ކަމުން. ވެރިކަން ނިމުނީ ނުލަފާކަމުން، ވެރިކަން ނިމުނީ ބަސްނޭހީމާ. ވެރިކަން ނިމުނީ އަދުލު އިންޞާފު ޤާއިމް ނުކުރީމާ. ވެރިކަން ނިމުނީ އަނިޔާވެރިވީމާ. ވެރިކަން ނިމުނީ ޚިޔާނާތެރި ވީމާ. ވެރިކަން ނިމުނީ ދިވެހިރައްޔިތުންގެ ބައިތުލް މާލު ދިރުވާލީމާ". ޔާމީނު ވެރިކަން ނިމެއް ދިމާވި ކަމަށް ބުނާ ލިސްޓެއްގެ ގޮތުގައި ޢަބްދުއްރަހީމް އަމުނާ ލެއްވިއެވެ.
426 ބިދޭސީން ޗެކްކޮށް 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަނުން ފުލުހުންނާއި އަދި ހޯމް މިނިސްޓްރީ ގުޅިގެން ހިންގި މިޙަރަކާތުގައި މާލޭގެ ބައެއް ސަރަޙައްދު ތަކުގައި އުޅޭ ބިދޭސީން ވަނީ ބަލާފާސް ކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައިވެސް އިމިގްރޭޝަނުން ހިންގި ޙަރަކާތެއްގައި ހުޅުމާލޭގެ ރަށު މާރުކޭޓް މަސައްކަތްކުރާ 55 ބިދޭސީއެއް ބަލާފާސްކޮށް ޤާވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 20 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޤައުމީ ޔުނިވަރުސިޓީގެ ފޮތް މައުރަޒު ހުޅުވައިފި
އެމްއެންޔޫގެ ފޮތް މައުރަޒުގެ މައިގަނޑު ބޭނުމަކީ ފޮތް ލިޔާ ފަރާތްތަކާއި ވިއްކާ ފަރާތްތައް އަދި ފޮތް ގަންނަ ފަރާތަކުން އެއްތަނަކުން ބައްދަލުވެ، ދިވެހި ލިޔުންތެރިންގެ ހުނަރު ދައްކާލުމާއި ފޮތް ޝާއިއުކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުޞަތުތައް ފަހިކޮށްދިނުމާއި އަދި ތަފާތު ގިނަ ފޮތްތަކެއް އެއްތަނަކުން އާއްމުންނަށް ގެނެސްދިނުން ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއްވައެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރު ކޮށްފި
ފުލުހުން ހާމަކުރެއްވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި މި މައްސަލަ ފުލުހުންގެ އިދާރާއިން ތަޙްޤީޤް ކުރަމުން ދާ ކަމަށެވެ.
މަސްތުވާ ތަކެތީގެ މައްސަލަ ތަކުގައި މިދިޔަ ހަފްތާ 28 މީހަކު ވަނީ ބަނދުކޮށްފައި
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތު ތަކުން ފެންނަ ގޮތުގައި މިދިޔަ ހަފްތާގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަން ތަކުގައި ގއ. މާމެންދޫން 17.7 ކިލޯގެ ބަރުދަނަށްވުރެ ގިނަ މަސްތުވާތަކެތި އަދި މާލެއިން 1.7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައެވެ.
ރާއްޖެޓީވީ ލައިވްގައި ކުރި ފޯނުކޯލަކަށް ޖަވާބުދިން ސްޓެލްކޯ އެޗްއާރު މުވައްޒަފު ވަޒީފާއިން އެހަކެރިކޮށްފި
އާމިރު ސަލީމް ރާއްޖެޓީވީން ގެނެސްދެއްވާ ޕްރޮގްރާމްގައި ސަރުކާރުގެ ބައެއް އިދާރާތަކަށާއި ކުންފުނި ތަކުގެ ނަމްބަރު ތަކަށް ގުޅުއްވައި، ތާޒާ މަޢުލޫމާތު ވަރަށް ގިނައިން ގެނެސްދެއްވާ ފަރާތެކެވެ.
ފުލުހުންގެ ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތެއް މިއަދު ހަވީރު މާލޭގައި ބާއްވަނީ
ފުލުހުން އާއްމުން ބައްދަލުކޮށް، ގުޅުން ބަދަހި ކުރުމުގެ ޙަރަކާތުގެ ތެރެއިން އޭޑިކޭ ހޮސްޕިޓަލާއި އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުމާއި ސްކޫލްތައް ހިމެނޭ ސަރަޙައްދުތަކާއި ޕާކްތަކަށް ނުވަތަ މައިޒާންތަކަށް ޒިޔާރަތްކޮށް އާއްމުންނާއި ބައްދަލު ކުރުން ހިމެނޭ ކަމަށެވެ.
ނޭޕާލުގައި ފެންބޮޑުވެގެން ގެއްލިފައިވާ މީހުންގެ 4000 ހާހުން މައްޗަށް އަރައިފި
ގެއްލިފައިވާ މީހުންގެ ޢަދަދު 4000 އަށްވުރެ މައްޗަށް އަރައިގެން ހިނގައްޖެ ކަމަށް ގެއްލިފައިވާ މީހުން ހޯދުމަށް މަސައްކަތް ކުރާ ގްރޫޕްތަކާއި ނޭޕާލުގެ ޑިޒާސްޓަރ މެނޭޖްމަންޓް އިދާރާ އާއި ހަވާލާދީ ނޭޕާލުގެ މީޑިއާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި އެހެން ޤައުމުތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 600 އެއްހާ މީހުން އުޅޭ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.