ޔޫއޭއީގައި ހައްޔަރުކުރި ފްލައިދުބާއީގެ ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސް ފުލުހުން ސުވާލުކޮށްފި!

ފްލައިބުދާއީގެ FZ1073 ފްލައިޓުގެ އޯމާން ކޯ-ޕައިލެޓް (ހައްމާމް އަލް-ހައްމާމީ) ވަނީ ކޮކްޕިޓް ތެރޭގައި އިންޑިއާގެ ކެޕްޓަނަށް ކޮކްޕިޓް އަކުން ހަމަލާދީ، ބޯޓު ހައިޖެކްކޮށް ވައްޓާލަން މަސައްކަތްކޮށްފައެވެ. މި ނުރައްކާތެރި ހާދިސާގެ ތަޙުޤީޤު ފުޅާކުރުމުގެ ތެރޭގައި، އެ އޯމާން ޕައިލެޓާ އެކު އެއް އިމާރާތެއްގައި ދިރިއުޅޭ އަދި އޭނާއާ ދަންނަ ގުޅުމެއް އޮތް ދިވެހި ދެ ކޯ-ޕައިލެޓުން ޔޫއޭއީ ފުލުހުންގެ ބެލުމުގެ ދަށަށް ނެގިއެވެ. ޔޫއޭއީން އެ މީހުން ދޫކޮށްލައި، ރާއްޖެ ފޮނުވާލުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހި ފުލުހުން ވަނީ އެ މީހުންގެ ބަޔާން ނަގައި އިތުރަށް ސުވާލުކޮށްފައެވެ. ދިވެހި ފުލުހުންގެ ސުވާލުކުރުމަށްފަހު އެ ދެ މީހުން މިހާރު ވަނީ އާއިލާގެ ކައިރިއަށް ދޫކޮށްލާފައެވެ. އަދި މި މައްސަލައިގައި ރާއްޖޭގެ ފުލުހުން އެ މީހުންގެ މައްޗަށް ރަސްމީ ދައުވާއެއް ނުވަތަ ހައްޔަރެއް އަދި ކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ސަލާމަތީ އިދާރާތަކުން އިތުރު ތަޙުޤީޤުތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.