Politics Featured

ވ.ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑިއަށް އެމްޑީޕީން ސުޖާއު ވާދަކުރަނީ

Advertisement
ވ.ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑިއަށް އެމްޑީޕީން ސުޖާއު ވާދަކުރަނީ
ތަފްޞީލް

މި ވަގުތު ހުސްކޮށް އޮތް ވ. ތިނަދޫ ކައުންސިލު ރައީސްގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓު އަލީ ޝުޖާއުއަށް ލިބިވަޑައިގެންފިއެވެ. މީގެ ކުރިންވެސް ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރެއްވީވެސް ސުޖާއުއެވެ.


އެ ގޮނޑި ހުސްވީ ކައުންސިލްގެ ފަސްވަނަ ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރިކަމަށް ބުނެ، ސުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިދިޔަ ޖުލައި ދެވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.


މި އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީން ކުރިމަތިލެއްވީ އޭނާ އެކަނި ކަމަށް ސުޖާޢުވަނީ ވިދާޅުވެފައެވެ. އެހެންވެ، އިތުރު ޕްރައިމަރީއެއް ބޭއްވުމެއް ނެތި އޭނާއަށް ވަނީ، ޓިކެޓު ލިބިވަޑައިގެންފައެވެ.


ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިންނެވެ. އެ އިންތިޚާބު އޮންނާނީ އަންނަ މަހު 28 ވަނަ ދުވަހުއެވެ.


ޝުޖާޢު ވިދާޅުވީ، ދިމާވެގެން އުޅެނީ ގާނޫނުގައި ނެތް ހާލަތެއް ނަގައިގެން ކަމަށާއި، އޭނާ މަގާމުން ވަކިކުރަން އެލްޖީއޭއިން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް، ގާނޫނު ރަނގަޅަށް ނުބަލާ ކަމަށެވެ. އަދި، އީސީން ބައި-އިލެކްޝަނަށް ހުޅުވާލައިފިނަމަ އަލުން ވާދަކުރައްވައި މަގާމު އަލުން ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް