ވޯލްޑް ޓްރެވަލް އެވާޑްސް 2026: "ވާލްޑްސް ލީޑިންގ ނިއު ރިސޯޓު" އަށް ބާ އަތޮޅުގެ ރިސޯޓެއް ނޮމިނޭޓްވެއްޖެ!
ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވާޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވާޑްސް (WTA) 2026 ގެ "ވާލްޑްސް ލީޑިންގ ނިއު ރިސޯޓު" (ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އާ ރިސޯޓު) ގެ ކެޓަގަރީއަށް ބާ އަތޮޅުގައި ހުޅުވި ރިސޯރޓު ވެއްޖެއެވެ.
މި އެވާޑަށް ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ފާހަގަކޮށްލެވޭ އާ ރިސޯޓުތަކާ ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ މި ރިސޯޓަށް ލިބިފައިވާއިރު، މިހާރު ވަނީ އާންމުންނަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ބާ އަތޮޅުގެ ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގައި އޮންނަ . "ސަމްވެއަރ" އަދި "ނޯވެއަރ" ގެ ނަމުން ނަންދެވިފައިވާ ދެ ފަޅުރަށެއްގައި އެކުލެވޭ، މަތީ ފެންވަރުގެ 9 ރެސިޑެންސް ހިމެނޭ އަލްޓްރާ-ލަގްޒަރީ ރިސޯޓެކެވެ.
ބައިނަލްއަގުވާމީ ރީތި ނަން އަހަރުގެ "ރީޑާސް ޗޮއިސް އެވާޑްސް" ގައި އިންޑިއާ ކަނޑުގެ 6 ވަނައަށް އެންމެ މޮޅު ރިސޯޓުގެ ގޮތުގައިވެސް ހޮވިފައެވެ. މިފަދަ ބައިނަލްއަގުވާމީ ބޮޑެތި އެވާޑްތަކުން ރާއްޖޭގެ އާ ރިސޯޓުތަކަށް ޖާގަ ލިބުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.