ސްޓްރޭންޖް ތިންގްސް ތަރިންގެ 10 އަހަރުގެ އާދަޔާޚިލާފު ބަދަލުވުން!

ޝޯ ފެށުނުއިރު އެންމެ 12 އަހަރުގެ މިލީ، މިހާރު ވެފައިވަނީ ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓްރެސް އަދި ޕްރޮޑިއުސަރަށެވެ. "Enola Holmes" ސީރީޒަށްފަހު، "Spider-Man: Brand New Day" އަދި "Just Picture It" ފަދަ ބޮޑެތި ފިލްމުތަކުން އޭނާ ވަނީ ޖާގަ ހޯދާފައެވެ. މައިކްގެ ރޯލުން ފެނުނު ފިން ވަނީ އެކްޓިންގެ އިތުރުން މިއުޒިކް ދާއިރާއިންނާއި ޑައިރެކްޓަރެއްގެ ގޮތުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ސޭޑީ ސިންކް ބްރޯޑްވޭއާއި ލަންޑަންގެ ވެސްޓް އެންޑް ތިއޭޓަރުގެ މެއިން "Juliet" ގެ ރޯލުން ޖާގަ ހޯދިއިރު، ކޭލެބް މެކްލޮގްލިން ދަނީ "Goat" އަދި "2034" ފަދަ ބޮޑެތި ތްރިލާ ފިލްމުތަކުގެ ލީޑު ކުޅެމުންނެވެ. "ސްޓީވް" ގެ ރޯލުން އާންމުންގެ ލޯބި ހޯދި ޖޯ ކީރީ "Cold Storage" ފަދަ ފިލްމުތަކާއި މިއުޒިކީ ދާއިރާއިން ކުރިއަރަމުންދާއިރު، މާޔާ ހޯކް ވަނީ "The Hunger Games" ސީރީޒްގެ އައު ބައިން ޖާގަ ހޯދާފައެވެ.
ބެލުންތެރިންގެ ލޯކުރިމަތީގައި ކުޑަކުދިންތަކެއް ހޮލީވުޑްގެ އެންމެ އުސް އައްސޭރިއަށް ދިޔަ "Stranger Things Evolution" އަކީ، ޓީވީ ތާރީޚުގައިވެސް މަދުން ނޫނީ ނުފެންނާނެ ފަދަ އާދަޔާޚިލާފު ކާމިޔާބީގެ ދަތުރެކެވެ!