Politics Featured

ސްޕްރީމް ކޯޓްގެ ހުކުމާއެކު މެންބަރު ސިނާންގެ ގޮނޑި ގެއްލިޖެ

Placeholder banner 1Placeholder banner 2Placeholder banner 3
ސްޕްރީމް ކޯޓްގެ ހުކުމާއެކު މެންބަރު ސިނާންގެ ގޮނޑި ގެއްލިޖެ
ތަފްޞީލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސްޕްރީމް ކޯޓްން 12 އެޕްރީގައި ހުކުމް ކޮށްފިއެވެ.

 

ސިނާނުގެ ގޮނޑިގެއްލިޖެ ކަމަށް ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޢައިޝާ ސުޖޫން މުހައްމަދު ހުކުމް އިއްވެވިއިރު މި ޙުމާއި މެދު ސްޕްރީމް ކޯޓްން ސިނާނުގެ މި މައްސަލަ ބެއްލެވި ބެންޗްގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤްވެއެވެ.

"ހިތަދޫ ކޯޓުގެ ގަޒިއްޔާއިން މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވި ދަރަނި އެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުހައްމަދު ސިނާނު ވަކިވެއްޖެ ކަމަށް ކަނޑައަޅަން،" ހުކުމް އިއްވަމުން ޝުޖޫން ވިދާޅުވި އެވެ. 

 

ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖުލައި މަހު ވަނީ ނިމިފަ އެވެ.


Share this article: Facebook Twitter WhatsApp
Related Articles