Ad #8We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →

ސްޕެއިންގެ އެންމެ ޝަރަފުވެރި ޤައުމީ އެވޯޑާއެކު މެސީ އަނެއްކާވެސް ތާރީޚުގެ ތެރެއަށް

ސްޕެއިންގެ އެންމެ ޝަރަފުވެރި ޤައުމީ އެވޯޑާއެކު މެސީ އަނެއްކާވެސް ތާރީޚުގެ ތެރެއަށް
https://www.batimes.com.ar/news/sports/messi-receives-top-spanish-award-from-heir-to-throne.phtml#:~:text=Lionel%20Messi%20received%20Spain's%20most%20prestigious%20sports,of%20all%20time%22%20and%20his%20social%20work.
ތަފްޞީލް

ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން "ލިއޮނެލް މެސީ"، ސްޕެއިންގެ އެންމެ ޝަރަފުވެރި އެއް ޤައުމީ އިނާމު ކަމަށްވާ "ޕްރިންސެސް އޮފް އަސްޓޫރިއަސް އެވޯޑް ފޯ ސްޕޯޓްސް 2026" ހާސިލުކޮށް، ފުޓްބޯޅައިގެ ތާރީޚުގައި މުޅިން އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. ސްޕެއިންގެ ޝާހީ އާއިލާގެ ބެއްލެވުމުގެ ދަށުން ހިންގާ ޕްރިންސެސް އޮފް އަސްޓޫރިއަސް ފައުންޑޭޝަނުން ދޭ މި ޝަރަފުވެރި އެވޯޑަކީ މީގެ ކުރިން ފުޓްބޯޅަ ޓީމުތަކަށާއި ގުޅިފައިވާ ޕެއާތަކަށް ލިބިފައިވާ އެވޯޑެއް ނަމަވެސް، މުޅި ތާރީޚުގައިވެސް ވަކި އިންޑިވިޖުއަލް ފުޓްބޯޅަ ކުޅުންތެރިއަކު އެކަނި މި އެވޯޑު ހާސިލުކުރި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުޓްބޯޅައިގެ ދާއިރާއިން މި އެވޯޑު ލިބިފައިވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ޤައުމީ ޓީމަށާއި، 2012 ވަނަ އަހަރު ސްޕެއިންގެ ދެ ތަރިން ކަމަށްވާ އިކާ ކަސިއަސް އަދި ޒާވީ ހެރްނާންޑޭޒްއަށް އެކުގައެވެ.

ސްޕެއިންގެ އުތުރުގެ އޮވިއެޑޯ ސިޓީގެ ތާރީޚީ "ތިއޭޓްރޯ ކޭމްޕޯއާމޯރ" ގައި ބޭއްވި މި ރަސްމިއްޔާތުގައި، މެސީއަށް މި ޝަރަފުވެރި އެވޯޑު ރަސްމީކޮށް ހަވާލުކޮށްދެއްވީ ސްޕެއިންގެ "ތަޚުތުގެ ވާރުތަވެރިޔާ"، ޕްރިންސެސް އޮފް އަސްޓޫރިއަސް ލިއޯނޯރ އެވެ. މި ރަސްމިއްޔާތުގައި ސްޕެއިންގެ ރަސްގެފާނު ފެލިޕޭ 6 އަދި ރާނީ ލެޓީޒިއާގެ އިތުރުން ދުނިޔޭގެ ފާހަގަކޮށްލެވޭ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވ. 12 ގައުމަކުން ނޮމިނޭޓްވި 27 ކެންޑިޑޭޓުންގެ ތެރެއިން މެސީ ހޮވި މި އެވޯޑުގެ ޖޫރީގެ ޗެއާރއަކަށް ހުންނެވީ ޕެރަލިމްޕިކް ފެތުންތެރިޔާ ޓެރޭސާ ޕެރާލެސް އެވެ. މި އެވޯޑާއެކު މެސީއަށް ވަނީ ޑިޕްލޮމާއަކާއި، ހާއްސަ އިންސިގްނިއާއެއްގެ އިތުރުން ސްޕެއިންގެ މަޝްހޫރު އާޓިސްޓް ޖޯން މިރޯ ފަރުމާކޮށްފައިވާ ހާއްސަ ބުދަކާއި 50،000 ޔޫރޯގެ ފައިސާގެ އިނާމެއް ދެއްވާފައެވެ.

ޖޫރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކެރިއަރުގައި 47 ތަށި ހޯދައިގެން ތާރީޚުގައި އެންމެ ގިނަ ކާމިޔާބީ ހޯދި ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އޮތް މެސީއަށް މި އެވޯޑު ދިނީ ހަމައެކަނި ދަނޑުމަތީގައި ހޯދި ރެކޯޑުތަކަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާގެ ދިގު ކެރިއަރުގައި ދައްކުވައިދިން ކުޅިވަރުގެ ރީތި އަޚުލާޤާއި، ތަވާޟުޢުވެރިކަމާއި، އަމިއްލަ އެދުމަށްވުރެ ޓީމު ކުރިއެރުވުމަށް ބެހެއްޓި ލީޑަރޝިޕް ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. މީގެ އިތުރުން، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ހައިސިއްޔަތުންނާއި، އޭނާގެ އަމިއްލަ ޗެރިޓީ "ލިއޯ މެސީ ފައުންޑޭޝަން" މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ކުޑަކުދިންގެ ސިއްޙަތާއި ތަޢުލީމަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަކީ މި ޝަރަފު އޭނާއަށް ހައްގުވި މައިގަނޑު އެއް ސަބަބު ކަމުގައި ޖޫރީން ބަޔާންކުރިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސެސް ލިއޯނޯރ ވަނީ މެސީގެ ހުނަރާއި ސަޚްސިއްޔަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، މެސީއަކީ އެހެން މީހުންނަށް އުނދަގޫ އަދި މުސްތަޙީލު ކަންތައްތައް ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ދައްކުވައިދިނުމުގެ އާދަޔާޚިލާފު ގާބިލުކަން ލިބިފައިވާ، އަދި ކުޅިވަރުގެ އިތުރުން ދިރިއުޅުމުގައިވެސް ޒުވާނުންނަށް ހުރި ނަމޫނާ ޝަޚުސިއްޔަތެކެވެ. މިއީ މެސީގެ ކާމިޔާބީގެ ހަޔާތަށް އިތުރުވެގެން ދިޔަ ވަރަށް އަގުހުރި އަދި ބައިނަލްއަގުވާމީ ފެންވަރުގެ ތާރީޚީ ބޮޅެކެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all