News Featured

ސިޓީކައުންސިލް އަށް އިނގިރޭސި ލިޔުންތައް ލިޔުމަށް ހަވާލު ކުރި މައްސަލަ އޭސީސީން އަށް ހުށަހެޅުމަށް ފާސްކޮށްފި.

Placeholder banner 3Placeholder banner 1Placeholder banner 2
ސިޓީކައުންސިލް އަށް އިނގިރޭސި ލިޔުންތައް ލިޔުމަށް ހަވާލު ކުރި މައްސަލަ އޭސީސީން އަށް ހުށަހެޅުމަށް ފާސްކޮށްފި.
ފޮޓޯ: މާލެ ސިޓީކައުންސިލް
ތަފްޞީލް

ވަކި މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދަ ދިނުމަށް ތުހުމަތު ކުރެވޭ މައްސަލައެއް މާލޭ ސިޓީ ކައުންސިލްގެ އޮޑީޓް ކޮމިޓީއަށް ފޮނުވަން ނިންމައިފިއެވެ. މާލޭ ސިޓީ ކައުންސިލްން އިނގިރޭސިބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔުމަށް 561000 ރުފިޔާ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދާދިނުމުގެ ގޮތުން ކޮށްފައިވާ މުޢާމަލާތެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

 

މާލޭ ސިޓީކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވީ މާލޭ ސިޓީގެ މޭޔަރަކަށް ރައީސް ޑރ. މުއްއިއްޒު ހުންނެވި ދުވަސްވަރު "ކިންގްސް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލުން ލިޔަންޖެހޭ ލިޔުންތަށް ލިޔުމުގެ މަސައްކަތަށް 561000 ރުފިޔާ އަށް ހަވާލުކޮށްފައިވާ މަސައްކަތެއްގެ މައްސަލަ ކަމަށެވެ.

ޒާޔާ ފާހަގަ ކުރެއްވި ގޮތުގައި މަސައްކަތް ހަވާލު ކުރި ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރ ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހު ކަމަށާއި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާން ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި ޢަމަލަކީ ދުރާލާ ރޭވިގެން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ބެލެވެން އޮތްކަމަށް ޒާޔާ ވަނީ ވިދާޅުވެފައެވެ.

 

މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އޮޑިޓް ކޮމިޓީއަށް ފޮނުވަން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ އާއްމު ޖަލްސާގައި ބައިވެރިވި ކައުންސިލް މެންބަރުންގެ އިއްތިފާޤުންނެވެ.  

 

 

ކައުންސިލް މެންބަރު ޒާޔާ ފާހަގަ ކުރެއްވި ގޮތުގައި "ކިންގްސް ކޮންސަލްޓޭސީ އާ ހަވާލުކޮށްގެން ކޮންފައިވާ މަސައްކަތްތައް މާލޭ  ސިޓީ ކައުންސިލުގައި ފެންނަން ނެތް ކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން ކޮށްފައިވާ މަސައްކަތް އިނގޭ މުވައްޒަފެއްވެސް ސިޓީ ކައުންސިލުގައި ނެތްކަމަށް ޒާޔާ ވިދާޅުވިއެވެ.

 

މާލޭ ސިޓީ ކައުންސިލްއަށް އިނގިރޭސި ލިޔުންތައް ލިޔަން ހަވާލުކޮށްގައިވާ "ކިންގްސް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް" އަކީ މ. ކޮތަންމާގެ މުޙައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏެކެވެ. މުންދުއަކީ މި ސަރުކާރުގެ ޗީފް ސްޕޯކްސް ޕާސަންއެވެ. މި މަޤާމަށް އައްޔަން ކުރުމުގެ ކުރިން މުންދު ހުންނެވީ މިސަރުކާރުގެ ފަރާތުން ޔޫއޭއީއަށް ކަނޑައަޅާފައިވާ ސަފީރު ކަމުގެ މަޤާމުގައެވެ. އަދި މީގެ އިތުރުން މުންދު އަކީ މިހާރު ޕީއެންސީގެ ޕީއާރު ހިންގުމުގައި އެންމެ އިސް އެއްފަރާތެވެ.


Share this article: Facebook Twitter WhatsApp
Related Articles