News Featured

ސީލައިފްގެ ޚިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައި، ޙުކުމާ ހަމައަށް ގޮސްފި...

Advertisement
ސީލައިފްގެ ޚިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައި، ޙުކުމާ ހަމައަށް ގޮސްފި...
ތަފްޞީލް

ހުޅުމާލޭގައި 3,000 ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުންގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ސަލާމަތްވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން އިއްޔެ ވަނީ ރަސްމީކޮށް ނިންމާލާފައެވެ.

މި މައްސަލައަކީ އައްމަޓީގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ 42 ދަޢުވާއަކީ މަދަނީ މައްސަލައެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ބާޠިލުކުރުމާ ގުޅިގެން، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ. އިސްތިއުނާފީ މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔައިރު، ހައިކޯޓުން ވަނީ އައްމަޓީ ހިފަހައްޓައި ދޫނުކުރުމަށް އަމުރެއްވެސް ނެރެފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން އައްމަޓީ ބުނެފައިވަނީ، އޭނާއަކީ އެއްވެސް މީހަކަށް އޮޅުވާލައިގެން މަކަރާއި ޙީލަތް ހަދާފައިވާ މީހެއް ނޫން ކަމަށާއި، ދައުލަތުން ވާހަކަދައްކަންވާނީ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ކޯޓުގެ ޝަރީޢަތުގެ ތެރޭގައި ދައުލަތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ދެއްކުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ.

ދައުލަތުގެ ޕްރޮސެކިއުޓަރުން ވަނީ ކްރިމިނަލް ކޯޓުން ހެކިތަކަށް ބެލުމެއްނެތި މައްސަލަ ބާޠިލުކުރީ ޤާނޫނީ ގޮތުން ނުބައިކޮށް ކަމަށް ބުނެ، އެ ނިންމުން ބާޠިލުކޮށް ކްރިމިނަލް ކޯޓުގައި އަލުން މައްސަލައިގެ މައުޟޫޢަށް ބަހުސްކޮށް ޝަރީޢަތް ކުރިއަށްގެންދިއުމަށް އަމުރުކޮށްދިނުމަށް އެދިފައެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން އިއުލާންކުރައްވާފައެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ، ދެން އޮންނާނީ މި މައްސަލައިގައި ހައިކޯޓުން ޙުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް