Politics Featured

ސަރުކާރަށް ލިބޭހާ ޑޮލަރެއް އިސްރާފު - މާލޭގެ މޭޔަރު

Advertisement
ސަރުކާރަށް ލިބޭހާ ޑޮލަރެއް އިސްރާފު - މާލޭގެ މޭޔަރު
ތަފްޞީލް

ސަރުކަރަށް ލިބޭހާ ޑޮލަރެެއް އިސްރާފު ކުރަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 


މޭޔަރު އާޒިމް ފާހަގަ ކުރެއްވި ގޮތުގައި މިވަގުތައް ބޭނުން ނުވާ ރަސްމާލެ ހިއްކުމާއި ޑްރޯން ގަތުމާއި ހަތިޔާރު ގަންނަން ޑޮލަރު ހޭދަކޮށް ތަޅާ ހުސްކުރުމަކީ އިސްރާފް ކުރުމެވެ. އަދި އާއްމު ރައްޔިތުން ގައިގަ އަތްލަންޖެހޭނީ ސަރުކާރުން އިސްރާފު ކުރުން ހުއްޓާލުމަށް ފަހުގައި ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.


ްާއާޒިމް ފާހަގަ ކުރެއްވި ގޮތުގައި ރިސޯޓްތަކާއި ޓީއެމްއޭ އަދި އެއަރޕޯޓްސް މުވައްޒަފުންނަށް ލިބޭ މަދު ޑޮލަރުކޮޅު އަތުލުމަކީ އާއްމު ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. 


އަދި އާއްމު ރައްޔިތުން ތަކަކަަށް ނުވަތަ ވިޔަފާރި ވެެރިންނަށް ފައިދާވާ އެއްވެސް ކަމެއްނުކޮށް ރައްޔިތުންގެ ގުދު ބިންދައިންގެން ހޯދާ މަދުފައިސާ ކޮޅު ގަދަބާރުން އުތުލުމަކީ ދެވޭ އަނިޔާވެރި ޖަރީމާއެއްކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް