Politics Featured

ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ޑޮލަރު މާރުމާއި ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

Placeholder banner 3Placeholder banner 1Placeholder banner 2
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ޑޮލަރު މާރުމާއި ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
Photo Social Media
ތަފްޞީލް

ދިވެހިރާއްޖޭގައި ހިންގާ ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ޑޮލަރު މާރުކުރަން ލާޒިމް ކުރުމަށް ސަރުކާރުން ނިންމާފައި ނިންމުން ބަދަލުކުރުމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހަށް އޮގަސްޓް 26 ވަނަ ދުވަހު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

 

މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ. އަދި ވިދާޅުވީ މައްސަލަ ބަލައި ނުގަތުމަށް ނިންމެވީ މަޖިލީހުގައި މިހާރު ހިނގަމުންދާ ބިލަކާއި ނުވަތަ ބަހުސަކާއި ގުޅޭ ކުއްލި މައްސަލައެއް ނޫންކަމަށެވެ.

 

އެމްޑީޕީ ޕީޖީގެ މެންބަރު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ވަނީ  ދިވެހިރާއްޖޭގައި ހިންގާ ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ޑޮލަރު މަރުކަޒީ ބޭންކަށް މާރުކުރަން ލާޒިމްވާގޮތަށް ކަނޑައެޅުމަކީ ފަތުރުވެރިކަމުގެ ދާއިރާއާއި މުޅި އިޤުތިޞާދަށް ބޮޑެތި ލޮޅުންތައް އަރާނެ ކަމެއް ކަމަށެވެ. އަދި ޑޮލަރު މާރުކުރަން ދީފައި އޮންނަ މުއްދަތު ކުޑަކޮށް 3 މަހުން 1 މަހަށް ކުރުކޮށްލުމާއި މާރުނުކުރާ ފައިސާގެ ހިސާބު ބެލުމާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައްވެސް މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައި ވަނީ ހިމަނުއްވާފައެވެ.

 

މެންބަރު މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސަރުކާރުން ކަމާގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކޮށް ދެމެހެއްޓެނިވި އިންސާފުވެރި ހައްލެއް ހޯދުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށް ބަޔާން ކޮށްފައެވެ. 


Share this article: Facebook Twitter WhatsApp
Related Articles