News Featured

ރ.އަތޮޅު މަދްރަސާގެ ގްރޭޑް 9 ގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް

Advertisement
ރ.އަތޮޅު މަދްރަސާގެ ގްރޭޑް 9 ގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް
ތަފްޞީލް

ދުވާފަރުގައި ހުންނަ ރ. އަތޮޅު މަދަރުސާގެ ގުރޭޑު 9 ގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ދުވާފަރު ޕޮލިސްސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.


މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި މި މަހު 19 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ ދުވާފަރު ޕޮލިހާއި އެ މަދަރުސާ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައި ވަނީ ލީޑަރޝިޕް އެންޑް ޑިސިޕްލިންގ އަދި ރަނގަޅު ގޮތުގައި ކެރިއަރ ބިލްޑުކުރުމާ ގުޅޭގޮތުންނެވެ.


މިގޮތުން، ދަރިވަރުންގެ އަހުލާގު ބައްޓަންކުރާނެ ގޮތާއި، ރަނގަޅު ލީޑަރަކަށް ވުމަށް ބޭނުންވާނެ ރަނގަޅު ސިފަތަކާއި، އެކަމަށް މަސައްކަތް ކުރަންޖެހޭ ގޮތްތައް ކިޔައިދިނުމާއި އަދި ޒިންމާދާރުވުމާއި، އެހެން ކުދިންނަށް އިހުތިރާމުކުރުމާއި، ކަންކަމުގައި އިސްނެގުމުގެ އިތުރުން، އަމިއްލަ ނަފުސަށް އިތުބާރުކޮށް އެހެން ކުދިންނާ ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ.


މީގެ އިތުރުން، ކޮންމެތާކު އުޅުނުކަމުގައި ވިޔަސް އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމާއި ވަގުތަށް ކަމޭހިތައި ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވެފައިވެއެވެ.


ދަރިވަރުންގެ ވިސްނުން ތަރައްގީކޮށް އެ ދަރިވަރުންގެ ކުރިމަގު އުޖާލާ ކުރުމަށް މިފަދަ ސެޝަންތަކުން އެހީތެރިވެދޭނެ ކަމަށްވެސް މޯލްޑިވްސް ޕޮލިސްސަރވިސް އިން ބުނެއެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް