Politics Featured

ރައީސް ޔާމީނުގެ "ވެރިކަން ނިމުނީ ރައްޔިތުންގެ ބައިތުލް މާލު ދަވާލުމުން" – މަޖިލިސް ރައީސް ޢަބްދުއްރަހީމް

Placeholder banner 2Placeholder banner 3Placeholder banner 1
ރައީސް ޔާމީނުގެ "ވެރިކަން ނިމުނީ ރައްޔިތުންގެ ބައިތުލް މާލު ދަވާލުމުން" – މަޖިލިސް ރައީސް ޢަބްދުއްރަހީމް
Photo: Social Media (Times of Addu)
ތަފްޞީލް

ޕީޕީއެމުން 2013 ގައި ކުރި ޕީޕީއެމްގެ ވެރިކަން ނިމުނީ ޚިޔާނާތްތެރި ވުމާއި ރައްޔިތުންގެ ބައިތުލް މާލު ދަވާލުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބަދުރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުﷲ ޢަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ މައިއޮފީސް ހ. ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ކުރީގެ ރައީސް ޔާމީނު ދައްކަވާ ވާހަކަތަކަށް ވަރަށް ހޫނު ރައްދު ދެއްވަމުން ޢަބްދުއްރަހީމް ވިދާޅުވީ ޑރ. މުއިއްޒު އާއި ފަލާހާއި ޢަބްދުއްރަހީމްގެ ވެރިކަން އަދި ނުނިމޭ ކަމަށާއި ނިމުނީ ރައީސް ޔާމީނުގެ ވެރިކަން ކަމަށެވެ. ރައީސް ޔާމީނަށް ނިސްބަތްވާ ގޮތަށް ވިދާޅުވީ "ނިމުނީ އެބޭފުޅާގެ ވެރިކަން. ވެރިކަން ނިމުނީ ކިބުރުވެރި ކަމުން. ވެރިކަން ނިމުނީ ނުލަފާކަމުން، ވެރިކަން ނިމުނީ ބަސްނޭހީމާ. ވެރިކަން ނިމުނީ އަދުލު އިންޞާފު ޤާއިމް ނުކުރީމާ. ވެރިކަން ނިމުނީ އަނިޔާވެރިވީމާ. ވެރިކަން ނިމުނީ ޚިޔާނާތެރި ވީމާ. ވެރިކަން ނިމުނީ ދިވެހިރައްޔިތުންގެ ބައިތުލް މާލު ދިރުވާލީމާ". ޔާމީނު ވެރިކަން ނިމެއް ދިމާވި ކަމަށް ބުނާ ލިސްޓެއްގެ ގޮތުގައި ޢަބްދުއްރަހީމް އަމުނާ ލެއްވިއެވެ.  

 

ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙިމް ވިދާޅުވީ ތަރައްޤީ އަކީ ހަމައެކަނި ބުރިޖެއް ނޫން ކަމަށާއި އެންމެ ބޮޑު ތަރައްޤީ އަކީ ހަރުދަނީ އިންސާނީ މުޖުތަމަޢުއެއް ބިނާ ކުރުން ކަމަށެވެ. އަދި މި ސަރުކާރުން އެމަސައްކަން ކުރަމުން ދާ ކަމަށްވެސް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވިގޮތުގައި ރައީސް ޔާމީނަށް ޑރ. މުޢިއްޒުގެ ސަރުކާރަށް ފާޑުކިޔާނެ ޖާގައެއް ނެތް ކަމަށާއި 5 އަހަރުވެސް ނުވާ ކަމަށެވެ.

 

ޢަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ސަރުކާރުން (ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން) ދެއްކީ ޕީޕީއެމް ވެރިކަމާއި (ރައީސް ޔާމީނުގެ ވެރިކަމުގައި) އެމްޑީޕީގެ ވެރިކަމުގައި (ރައީސް އިބޫޞާލިހް ވެރިކަމުގައި) ނަގާފައިވާ ދަރަނިތައް ކަމަށާއި މިސަރުކާރުން ނަގާފައިވާ ދަރަނިތަކެއް ނޫން ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ސީޕީ ޢަބްދުއްރަހީމް ވިދާޅުވީ ޢަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ "ކުއްތާ" ކޮށްޓެއް ކަމަށް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ސިފަކުރެއްވުމުން ފެނަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅާގެ (ރައީސް ޔާމީނަށް ނިސްބަތްކުރައްވާ) ބޮޑާކަން ކަމަށް ވިދާޅުވިއެވެ.

 

ރައީސް ޔާމީނުގެ ވެރިކަމުގައި ނައިބް ރައީސް ޑރ. ޖަމީލު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ މަޤާމުން ވަކިކުރެއްވީ ރައީސް ޔާމީނު ވިދާޅުވެގެން ރައީސް ޔާމީނު ހެކި ގެނެސް ދެއްކެވުމުން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުން އަރިހަށް ރައީސް ޔާމީނު ވަޑައިގެން ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި ދެކޮޅަށް ބަޣާވަތް ރާފައިވާއި ކަމަށާއި 1 މެއި ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ޖަމީލު ބައިވެރިވި ކަމަށެވެ އަދި އެކަމުގެ ހެކިވެސް ރައީސް ޔާމީނު ދެއްކެވި ކަމަށެވެ. އެކަން ކޮށްފައި ޑރ. ޖަމީލު ވަޑައިގެން ހުންނެވީ ރިސޯޓެއްގައި ކަމަށް ޔާމީނު ވިދާޅުވި ކަމަށާއި މިއަދު އެ ޑރ. ޖަމީލު ކައިރީގައި ބައިންދަވައިގެން ޖަލްސާތައް ބާއްވަމުން ދާދިއުމަށް ވެސް އަބްދުރަހީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.  


Share this article: Facebook Twitter WhatsApp
Related Articles