Health Featured

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެއްޖެ

Advertisement
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެއްޖެ
ފޮޓޯ: ސަން
ތަފްޞީލް

އުމުރުން ދުވަސްވުމުގެ ސަބަބުން ނާޒުކު ހާލަތުގައިވާ މީހުންނަށް ނުރައްކާވެދާނެ ފަދަ މިންވަރަކަށް މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓަރުތަކުން ދައްކައިފިއެވެ.


ވައިގެ ސާފުމިން ދައްކައިދޭ 'އައިކިއު އެއާ' އިން ފެންނަ ގޮތުގައި، ފައިން ޕާޓިކުލޭޓެޑް މެޓާ ނުވަތަ ހިރަފުސް ކުނޑި މިހާރު ރާއްޖޭގައި ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 28 މައިކްރޯ ގުރާމުގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 5.6 ގުނަ މަތީ މިންވަރެކެވެ.


އައިކިއުއެއާއިން ދައްކާގޮތުގައި، މި ވަގުތު އެންމެ ވައި ނުސާފީ މާލޭގައެވެ. މާލޭގައި ވައިގެ ކޮލިޓީ ހުރީ 86 އާއި 93 ދެމެދުގައި ކަމަށްވާއިރު، އުތުރުގެ ގިނަ އަތޮޅުގައި ވައި ކޮލިޓީ ހުރީ ރީނދޫ ސަމާލުގައެވެ.


އެހެންކަމުން ނާޒުކު ހާލަތުއިވާ ފަރާތްތައް ބޭރަށް ނުކުތުމުގެ ކުރިން މާސްކު އެޅުމަށާއި ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ކުޅިވަރުކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.


އެކަމަކު، މާދަމާއިން ފެށިގެން މި އަތޮޅުތަކަށް ވައި ސާފުވާން ފަށާނެ ކަމަށް އައިކިއުއެއާއިން ލަފާކޮށްފައިވެއެވެ. މީގެއިތުރުން، ދެކުނުގެ އަތޮޅުތަކުގެ ވައި ކޮލިޓީ ހުރީ ސިއްހީ ގޮތުން ރަނގަޅު މިންވަރެއްގައެވެ.


މޫސުމީ ވިއްސާރަ އަދި ހޭޒް (Haze): އަހަރުގެ ވަކި ދުވަސްވަރަކަށް (ޚާއްސަކޮށް ހޫނު މޫސުމުގެ ދުވަސްވަރު ނުވަތަ ސަރަހައްދީ ވައިގެ ޒަރީއާއިން އަންނަ ހޭޒްގެ ސަބަބުން) ރާއްޖޭގެ ބައެއް ރަށްތަކަށް، ޚާއްސަކޮށް މާލެ ސަރަހައްދާއި އުތުރުގެ އަތޮޅުތަކަށް ވައިގެ ކޮލިޓީ ދަށްވެ، ކުދިނޭވާހިއްލާ ފަންގަސް ނުވަތަ ޕީ.އެމް 2.5 (PM2.5) ގެ މިންވަރު މައްޗަށްދާ ފަހަރުތައް އާދެއެވެ. މިފަދަ ދުވަސްވަރު ކަމާބެހޭ ފަރާތްތަކުން ސަމާލުވުމަށް އިރުޝާދު ދެއްވައެވެ.


މިދިޔަ އަހަރު މި މައްސަލަ ވަރަށް ގިނަ ދުވަހަށް ދިގުލައިގެން ދިޔައެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް