News Featured

ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު އެންމެ އުސް ފެންތާނގީ އަންނަ އަހަރު ބޭނުން ކުރެވޭނެ - ފަހުމީ

Advertisement
ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު އެންމެ އުސް ފެންތާނގީ އަންނަ އަހަރު ބޭނުން ކުރެވޭނެ - ފަހުމީ
ތަފްޞީލް

ދިވެހިރާއްޖެގައި މިހާތަނަށް ޤާއިމް ކުރާ އެންމެ ބޮޑު އަދި އެންމެ އުސް ފެންތާނގީ 2026 ވަނަ އަހަރު ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަސްތެރޭ ބޭނުން ކުރެވެން ފެށޭނެ ކަމަށް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

 

އެމްޑަބްލިޔޫއެސްސީގެ ފަރާތުން މާލޭގައި ފެން ރައްކާ ކުރުމުގެ ޤާބިލްކަން އިތުރު ކުރުމުގެ ގޮތުންނާއި ފެން ފޯރުކޮށް ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް 2024 ވަނަ އަހަރު ތެރޭ ފެށި މި މަޝްރޫޢުގައި 13 ހާސް ޓަނުގެ ބޮޑު 2 ފެންތާނގީ ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި މީގެ ތެރެއިން ފުރަތަމަ ތާނގީގެ މަސައްކަތް ނިންމާ އަންނަ އަހަރު ތެރޭ ބޭނުން ކުރެވޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

 

އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި މި ދެ ތާނގީގެ ފައުންޑޭޝަން މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ތާނގީއަށް ބޭނުންވާ ސާމާނު ގެނައުމަށް ރާއްޖެއިން ބޭރަށް މިހާރު އޯޑަރު ކޮށްފައިވާ ކަމަށާއި އަންނަ އަހަރު ޖެނުއަރީ ނުވަތަ ފެބްއަރީ މަސްތެރޭގައި ދިވެހިރާއްޖެ ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.  

 

ފަހުމީ ވިދާޅުވި ގޮތުގައި މި މަޝްރޫއު މުޅިން އެއްކޮށް ނިންމާލެވޭނީ 2028 ވަނަ އަހަރުގައެވެ. މި މަޝްރޫއު ނިމުމުން ފެން ރައްކާކުރެވޭ މިންވަރު އިތުރުވެ ފެން އުފައްދަން ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެއެވެ. 

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް