News Featured

ރާއްޖެޓީވީ ލައިވްގައި ކުރި ފޯނުކޯލަކަށް ޖަވާބުދިން ސްޓެލްކޯ އެޗްއާރު މުވައްޒަފު ވަޒީފާއިން އެހަކެރިކޮށްފި

Placeholder banner 1Placeholder banner 2Placeholder banner 3
ރާއްޖެޓީވީ ލައިވްގައި ކުރި ފޯނުކޯލަކަށް ޖަވާބުދިން ސްޓެލްކޯ އެޗްއާރު މުވައްޒަފު ވަޒީފާއިން އެހަކެރިކޮށްފި
Photo: Raajje TV
ތަފްޞީލް

ރާއްޖެޓީވީ ލައިވްކޮށް ގެނެސްދިން ޕްރޮގްރާމްގައި ރާއްޖެ ޓިވީގެ ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް އާމިރު ސަލީމް، ސްޓެލްކޯގެ އެޗްއާރަށް ޑިޕާޓްމަންޓަށް ގުޅުއްވާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވި ސްޓެލްކޯ އެޗްއާރު މުވައްޒަފު ވަޒީފާއިން އެކަހެރިކޮށްފިއެވެ. 

 

ރާއްޖެ ޓީވީ ލައިވްގައި ސްޓެލްކޯގެ އެޗްއާރުގެ ނަމްބަރަށް ގުޅުއްވާ ފޯނަށް ޖަވާބު ދެއްވި ފަރާތާއި އާމިރު ކުރައްވާ ސުވާލަކީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލުން ޕީއެންސީއަށް ވަނުމަށް ފަހު އެކަން ފެންނަ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ކަމަށެވެ. މި ސުވާލުގެ ޖަވާބުގައި "ހަމަ ސްޓެލްކޯ އެޗްއާރު ނަމްބަރަށް، ކުރިން އިންނާނެ ދޯ ތިކޮޅުން މެސެޖްކޮށްލައިފައި" މިގޮތަށް ވިދާޅުވެ ސްޓެލްކޯގެ އެޗްއާރު މުވައްޒަފު އާމިރު ކުރެއްވި ސުވާލައް ޖަވާބު ދެއްވައެވެ. އަދި ދެވަނަ ފަހަރަށް އާމިރު ތަކުރާރުކޮށް ޕާޓީއަށް ވަނުމުން އީސީގެ ޕޯޓަލުން ފެންނަ ފޮޓޯތޯ ފޮނުވަންވީ ސުވާލު ކުރެއްވުމުންވެސް ސްޓެލްކޯގެ އެ މުވައްޒަފު "އާދެ، ލައްބަ" އޭ ވިދާޅުވެ ޖަވާބު ދެއްވިއެވެ.

 

މި މުޢާމަލާތް މިގޮތަށް ހިނގާފައިވާ ވީޑިއޯ ކްލިޕް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ސްޓެލްކޯއިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށް، ކަން ހިނގާފައިވާ ގޮތް ތަހްޤީޤްކޮށް ބެލުމަށްޓަކައި، އެފޯނު ކޯލަށް ޖަވާބުދެއްވި ކަމަށް ތުހުމަތުވާ މުވައްޒަފު މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ކުންފުނީގެ ޤަވާއިދުގެ ދަށުން އިސްލާޙީ އިދާރީ ފިޔަވަޅުތައް ފަސްނުޖެހި އަޅަމުން ގެންދާނެ ކަމަށް ބުނެފައެވެ.

 

ވެރިކަން ހިންގާ ޕީއެންސީއަށް މެންބަރުން ވެއްދުމަށް އެޕާޓީއާއި ސަރުކާރުން ވަރަށް ގިނަ ޙަރަކާތްތަކެއް އޮފީސްތަކާއި ކުންފުނި ތަކުގައި މީގެ ކުރިންވެސް ހިންގާފައިވާ ކަމުގެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހާމަވެ ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައެވެ. އަދި ޕީއެންސީގެ އިސްފަރާތްތަކުން ދަނީ ޕީއެންސީއަށް 70 ހާސް މެންބަރުން ހަމަވެއްޖެ ކަމަށް ބުނެ އެކަމުގެ އުފާ ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްތައް ކުރަމުންނެވެ.

 

އާމިރު ސަލީމް ރާއްޖެޓީވީން ގެނެސްދެއްވާ ޕްރޮގްރާމްގައި ސަރުކާރުގެ ބައެއް އިދާރާތަކަށާއި ކުންފުނި ތަކުގެ ނަމްބަރު ތަކަށް ގުޅުއްވައި، ތާޒާ މަޢުލޫމާތު ވަރަށް ގިނައިން ގެނެސްދެއްވާ ފަރާތެކެވެ. 


Share this article: Facebook Twitter WhatsApp
Related Articles