News Featured

ޤައުމީ ޔުނިވަރުސިޓީގެ ފޮތް މައުރަޒު ހުޅުވައިފި

Placeholder banner 2Placeholder banner 3Placeholder banner 1
ޤައުމީ ޔުނިވަރުސިޓީގެ ފޮތް މައުރަޒު ހުޅުވައިފި
Photo: MNU
ތަފްޞީލް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީ (އެމްއެންޔޫ)ގެ ފޮތްމައުރަޒު 2026 ސެޕްޓެމްބަރު 5 ވަނަ ދުވަހު ހުޅުވައިފިއެވެ.

 

ޤައުމީ ޔުނިވަރުސިޓީގެ ފޮތް މައުރުޒު ޝަރަފުވެރި ކޮށްދެއްވައި އިފްތިތާޙް ކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގައި "އެމްއެންޔޫ ބްކް ރައިޓިންގ ގްރާންޓް"ގެ ދަށުން ލީލާ އަޙްމަދު ލިއުއްވާފައިވާ "އީދު އޮފް ޖޯއީ އިން މޯލްޑިވްސް" ޝަރަފްވެރި މެޙްމާނު ޑރ. ޝަހީމް އިފްތިހާޙް ކޮށްދެއްއެވެ.

 

އެމްއެންޔޫގެ ފޮތް މައުރަޒުގެ މައިގަނޑު ބޭނުމަކީ ފޮތް ލިޔާ ފަރާތްތަކާއި ވިއްކާ ފަރާތްތައް އަދި ފޮތް ގަންނަ ފަރާތަކުން އެއްތަނަކުން ބައްދަލުވެ، ދިވެހި ލިޔުންތެރިންގެ ހުނަރު ދައްކާލުމާއި ފޮތް ޝާއިއުކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުޞަތުތައް ފަހިކޮށްދިނުމާއި އަދި ތަފާތު ގިނަ ފޮތްތަކެއް އެއްތަނަކުން އާއްމުންނަށް ގެނެސްދިނުން ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއްވައެވެ.

 

އެމްއެންޔޫއިން އިންތިޒާމް ކުރި މި ފޮތް މައުރަޒުގައި 42 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މައުރަޒުގެ ބައިވެރިންގެ ފަރާތުން ޢިލްމީ ފޮތްތަކާއި ޢިލްމު އުގެނުމަށް ބޭނުންކުރާ ވަޞީލްތަކާއި ސާމާނުތައް ދައްކާލުމަށް ބަހައްޓާފައިވެއެވެ. އަދި ފޮތްމައުރަޒު ކުރިއަށް ދަނީ އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައެވެ. 


Share this article: Facebook Twitter WhatsApp
Related Articles