ޤައުމީ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި.

Placeholder banner 2Placeholder banner 3Placeholder banner 1
ޤައުމީ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި.
ތަފްޞީލް

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. "50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026" މި އަހަރުގެ ސެމްޓެމްބަރު މަހު 11 ވަނަ ދުވަހު ފަށާގޮތައް ތާވަލްކޮށް، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު 4 ޖެހުމުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

 

ބެޑުމިންޓަން އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މުބާރާތް ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ސިންގަލް ޑަބަލް އަންހެން އަދި ފިރިހެނުން އަދި މިކްސް ޑަބަލް މެޗްތައް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ މެޗްތައް ކުރިއަށް ގެންދާނެވެ. ހަމައެއާއި އެކު ސްޕެޝަލް އޮލިންޕިކްސް އާއި ޕެރަ ބެޑްމިންޓަން މެޗުތައްވެސް ކުރިއަށް ގެދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން މައުލުމާތު ދެއްވައެވެ. 


މުބާރާތުގެ ޤަވާއިދާއި އެހެނިގެން މައުލޫމާތު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ. 



Share this article: Facebook Twitter WhatsApp
Related Articles