Ad #8Advertise hereReach AtollPress readers · Contact us
News Featured

ނޫސްވެރިޔާ އާލިމް ޢަބްދުލް ލަތީފް ގެ ފުރަތަމަ ފޮތް "އޭ ހިތާއޭ، ކެތްތެރިވާށޭ" މަޖިލީހުގެ ރައީސް އަށް އަރުވާފިއެވެ.

ނޫސްވެރިޔާ އާލިމް ޢަބްދުލް ލަތީފް ގެ ފުރަތަމަ ފޮތް "އޭ ހިތާއޭ، ކެތްތެރިވާށޭ"  މަޖިލީހުގެ ރައީސް އަށް އަރުވާފިއެވެ.
People's Majilis
ތަފްޞީލް

ޒުވާން ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ޢާލިމް ޢަބްދުއްލަޠީފް ނެރުނު އޭނާގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ." ގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އަރުވައިފިއެވެ. ދެރައާއި ހިތާމަ ތަކުން އަރާއި ގަތުމަށް އިސްލާމީ އުސުލުތަކުގެ އަލީގައި ލިޔެފައިވާ މި ފޮތަކީ އިންސާނާގެ ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާއި އުސޫލުތަކުގެ އަލީގައި ހިތްވަރުދީ، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށް މަގުދައްކައިދޭ އިލްހާމީ ލިޔުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ.


މި ފޮތް ރަސްމީކޮށް ނެރެދެއްވާފައިވަނީ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މީގެ އިތުރުން ޢާލިމްގެ އަދަބީ މަސައްކަތްތައް އެއްތަނަކުން ފެންނާނެ އޭނާގެ އަމިއްލަ ބްލޮގްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. ފޮތް ނެރުމަށްފަހު، ޢާލިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާ ބައްދަލުކުރައްވައި ފޮތުގެ ކޮޕީއެއް ހަދިޔާކުރައްވާފައެވެ.


ފޮތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ޢާލިމް ހާމަކުރެއްވި ގޮތުގައި، އޭނާގެ ދެވަނަ ފޮތުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި ފޮތަކީ ޒުވާން ލިޔުންތެރިން ދިވެހި އަދަބިއްޔާތަށާއި އަމިއްލަ އިރުޝާދުގެ ދާއިރާއަށް ނުކުމެ، ނެރެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފޮތެކެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereReach AtollPress readers · Contact us
Related Articles
ގުޅުންހުރި ޚަބަރުތައް