Info Featured

ކިމް ޖޮންގް އުން އަވަހާރަވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު އަޑުތައް ދޮގުކޮށް، އާންމުންގެ ތެރެއަށް ނުކުންނަވައިފި

Advertisement
ކިމް ޖޮންގް އުން އަވަހާރަވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު އަޑުތައް ދޮގުކޮށް، އާންމުންގެ ތެރެއަށް ނުކުންނަވައިފި
ތަފްޞީލް

ނޯތު ކޮރެއާގެ ޒައީމް ކިމް ޖޮންގް އުން ސިކުނޑިއަށް ލޭއެޅި، އަވަހާރަވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއްކަން ހާމަވެއްޖެއެވެ.

 

މި އަޑުތައް އެންމެ ފުރަތަމަ ފެތުރެން ފެށީ ސޯޝަލް މީޑިއާ އެކައުންޓްތަކަކުން، ކިމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ކުއްލި ފަރުވާއަށް ޗައިނާގެ ބޭޖިންގްއަށް ގެންދެވުނު ކަމަށް ބުނެ ހެދި ދޮގު ދައުވާތަކަކާ ގުޅިގެންނެވެ. އެއަށްފަހު ބައިނަލްއަގުވާމީ ބައެއް ޓެބްލޮއިޑް ނޫސްތަކުންވެސް ވަނީ މި އަޑުތަކާ ގުޅޭގޮތުން ރިޕޯޓްކޮށްފައެވެ.

 

ނަމަވެސް، ނޯތު ކޮރެއާގެ ދައުލަތުގެ މީޑިއާ (ރޮޑޮންގް ސިންމުން) އިން ވަނީ ކިމް ޖޮންގް އުން އޭނާގެ ދަރިކަނބަލުންނާއެކު އަންނައުނާއި އުފެއްދުންތަކުގެ އެކްސްޕޯއަކަށް ޒިޔާރަތްކުރައްވާ މަންޒަރު ދައްކުވައިދޭ އެންމެ ފަހުގެ ފޮޓޯތައް އާންމުކޮށްފައެވެ. މިއާއެކު ސޯޝަލް މީޑިއާގައި ފެތުރުނު ދޮގު ޚަބަރުތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

 

ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާތަކުންނާއި ނޯތު ކޮރެއާގެ ކަންކަން ދިރާސާކުރާ މާހިރުން ފާހަގަކުރާ ގޮތުގައި، ގައުމުގެ ލީޑަރަކު އަވަހާރަވެއްޖެނަމަ ފެންނާނެ އެއްވެސް އަލާމާތެއް (މިސާލަކަށް: ގައުމީ ހިތާމަ ފާޅުކުރުން ނުވަތަ ސިފައިންގެ ހަރަކާތްތައް އިތުރުވުން) މި ދުވަސްވަރު ފެނިފައެއް ނުވެއެވެ.

 

ކިމް ޖޮންގް އުން ކުރު މުއްދަތަކަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގެން ހުންނަވާ ކޮންމެ ފަހަރަކު، ސޯޝަލް މީޑިއާގައި މިފަދަ ދޮގު ޚަބަރުތައް ފެތުރުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް