ނިދާ ގަޑި ރެގިއުލާރ ނުވުމާއި ރޭގަނޑު ޝިފްޓްތަކުގައި މަސައްކަތްކުރުން: ސިކުނޑި އަވަހަށް އުމުރުން ދުވަސްވުމަށް މަގުފަހިކުރަނީ!


ގަވާއިދުން ނުނިދުމަކީ ހަމައެކަނި ވަރުބަލިކަން އިހުސާސްވާ ކަމެއް ނޫނެވެ. މިއީ ސިކުނޑީގެ ދުޅަހެޔޮކަމާއި އުމުރަށް ސައިލެންޓްކޮށް ބޮޑު ނޭދެވޭ އަސަރެއް ކުރާ ކަމެކެވެ.
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ރޭގަނޑު ހޭލާ ހުރުމުން ނުވަތަ ނިދާ ގަޑިތައް އެކި ދުވަހު އެކި ގޮތަށް ބަހައްޓައިގެން އުޅުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖެހިގެން އަންނަ ދުވަހު ވަރުބަލިވުމެވެ. ނަމަވެސް، ފަހުގެ ސައިންސީ ދިރާސާތަކުން ދައްކާ ގޮތުގައި ސިކުނޑީގެ ނެޗުރަލް ގޭސް ނުވަތަ "ބަޔޮލޮޖިކަލް ކްލޮކް" (ސިރކާޑިއަން ރިދަމް) ގަވާއިދުން މުގުރާލުމަކީ ސިކުނޑި ނުވަގުތުގައި އުމުރުން ދުވަސްވުމަށް މަގުފަހިކުރުވާ ނުރައްކާތެރި ކަމެކެވެ.
ސިރކާޑިއަން ރިދަމްއަކީ ކޮބާ؟
އިންސާނާގެ ހަށިގަނޑުގައި 24 ގަޑިއިރުގެ ސައިކަލަކަށް ހިނގާ "އެތެރޭގެ ގަޑިއެއް" އޮވެއެވެ. މިއަށް ސައިންސްގެ ބަހުން ކިޔަނީ ސިރކާޑިއަން ރިދަމް (Circadian Rhythm) އެވެ. މި ގަޑިން ހަށިގަނޑުގެ ހޯމޯންތައް ބޭރުކުރުމާއި، ހަޖަމުކުރުމުގެ ނިޒާމާއި، ޚާއްޞަކޮށް ނިދުމާއި ހޭލައި ހުރުމުގެ ނިޒާމު ކޮންޓްރޯލްކުރެއެވެ.
ރޭގަނޑު ދަންވަރު މަސައްކަތްކުރުމުން ނުވަތަ ކޮންމެ ދުވަހަކު އެކި ގަޑީގައި ނިދުމުން، މި ގަޑީގެ ހަމަޖެހުން ގެއްލި، ހަށިގަނޑުގެ ބަޔޮލޮޖިކަލް ނިޒާމު އޮޅުންބޮޅުންވެއެވެ.
ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތައް:
ގަދަ ނިދި (N3 Stage) ގެއްލުން:
ނިދީގެ އެންމެ މުހިންމު މަރުޙަލާއަކީ "ޑީޕް ސްލީޕް" ނުވަތަ N3 މަރުޙަލާއެވެ. މި މަރުޙަލާގައި ސިކުނޑިން ދުވަހުގެ ތެރޭގައި އެއްވި ބޭކާރު "ޓޮކްސިން" ތައް ސާފުކޮށް، ހަނދާންތައް ރައްކާކޮށްދެއެވެ. ނިދާ ގަޑި ނުރެގިއުލާރ ވުމުން މި މަރުޙަލާއަށް ވާސިލުވާ މިންވަރު މަދުވެ، ސިކުނޑި އަމިއްލައަށް ސާފުވުމުގެ ފުރުޞަތު ގެއްލެއެވެ.
ސިކުނޑި އަވަހަށް އުމުރުން ދުވަސްވުން:
ގަވާއިދުން ރޭގަނޑު ޝިފްޓްތަކުގައި އުޅޭ މީހުންގެ ސިކުނޑީގެ އުމުރު، އެމީހުންގެ ޙަޤީޤީ އުމުރަށްވުރެ އަވަހަށް ދުވަސްވާކަން ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބުން ހަނދާން ނެތުމުގެ މައްސަލަތަކާއި (Dementia) ނިންމުންތައް ނިންމުމުގެ ޤާބިލުކަން ކުޑަވެގެންދެއެވެ.
އެހެނިހެން ސިއްހީ ނުރައްކާތައް:
ނިދީގެ ހަމަޖެހުން ގެއްލުމަކީ ހަމައެކަނި ސިކުނޑިއަށް އެކަނި އޮތް ނުރައްކަލެއް ނޫނެވެ. މީގެ ސަބަބުން ހަކުރުބަލި (Metabolic issues) އާއި، މޭގެ ބަލިތަކާއި (Cardiovascular risks) އަދި ލޭމައްޗަށް ދިއުމުގެ ފުރުޞަތު ބޮޑުތަނުން އިތުރުވެއެވެ.
މި މައްސަލައިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
ނިދާ ކޮޓަރި އަނދިރިކޮށް ބެހެއްޓުން: ރޭގަނޑު ޝިފްޓް ނިންމާފައި ދުވާލު ނިދާނަމަ، ކޮޓަރިއަށް އަލި ނުވަންނާނެހެން ކަޅު ދޮރުފޮތި ބޭނުންކުރާށެވެ. މިއީ "މެލަޓޯނިން" (ނިދަން އެހީވެދޭ ހޯމޯން) އުފެއްދުމަށް އެހީވެދޭނެ ކަމެކެވެ.
ޝެޑިއުލް އެއްގޮތެއްގައި ހިފެހެއްޓުން: ބަންދު ދުވަސްތަކުގައިވެސް އާންމުކޮށް ނިދާ ގަޑިއާ ދާދި އެއްގަޑިއެއްގައި ނިދަން އާދަކުރާށެވެ.
ކެފީން މަދުކުރުން: ނިދަން ގާތްވެފައި ހުންނަ ގަޑިތަކުގައި ސައި، ކޮފީ ނުވަތަ އެނަރޖީ ޑްރިންކްސް ބޭނުންކުރުން ހުއްޓާލާށެވެ.

ދުވާލުގެ އަލިކަން ހޯދުން: ހޭލެވޭ ގަޑީގައި އިރުގެ އަލިކަމަށް ހާމަވުމަކީ ބަޔޮލޮޖިކަލް ކްލޮކް ރީސެޓްކުރުމަށް އެހީވެދޭ ކަމެކެވެ.
Health Choice Essentials
ނިންމުން:
މަސައްކަތުގެ ތަބީއަތުގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން ރޭގަނޑު ހޭލާ އުޅެންޖެހުނު ކަމުގައިވީނަމަވެސް، ނިދީގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ދިގު މުއްދަތަކަށް ދެމެހެއްޓުމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމެވެ