މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އައި ފަތުރުވެރިންގެ %3.8 މަދު ވެއްޖެ.



މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އައި ފަތުރުވެރިންގެ %3.8 މަދު ވެއްޖެކަމަށް ފަތުރުވެރި ކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރު މިހާތަނަށް ދިވެހިރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 1،405،082 ފަތުރުވެރިން ނެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި 1،460،747 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އެހެން ކަމުން މިއީ މިދިޔަށް އަހަރަށްވުރެ 55،665 ފަތުރުވެރިންގެ ދަށްވުމެކެވެ.
ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ދިވެހިރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވާ 5 ޤައުމަކީ ޗައިނާ، ރޫސީ ވިލާތް، އިނގިރޭސި ވިލާތް، އިޓަލީ ވިލާތް، އަދި ޖަރުމަނު ވިލާތެވެ. 2025 ވަނަ އަހަރު މިލިސްޓް ތަރުތީބުވެފައި ވަނީ ޗައިނާ، ރޫސީ ވިލާތް، އިނގިރޭސި ވިލާތް، ޖަރުމަނު ވިލާތް އަދި އިޓަލީ ވިލާތް މިގޮތަށެވެ.
ފަތުރުވެރިންނަށް ޚިދުމަތްދޭ 1،326 ތަނެއް ރަޖިސްޓްރީ ކޮށްފައިވާއިރު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި 1،321 ތަނެއް ދަނީ ހަރަކާތްތެރި ވަމުންމެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާރު ހަރަކާތެރިވާ ތަންތާނގައި 68،494 އެނދު ޚިދުމަތުގައި ބޭނުން ކުރާކަމަށް ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ދިވެހިރާއްޖެއަށް ދުވާލެއްގެ މައްޗަށް 6،005 ފަތުރުވެރިން މިހާރު އަންނަނީ ޒިޔާރަތް ކުރަމުންނެވެ.
ފަތުރުވެރި ކަމާގުޅޭ ބައެއް ހިސާބުތައް
· 179 ރިސޯޓް އަދި މެރިނާ (ޚިދުމަތް ދިނުމުގައި)
· 16 ހޮޓެލް
· 954 ގެސްޓްހައުސް
· 172 ސަފާރީ އުޅަނދު
ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވާ ގޮތް
· 1،373،334 ފަތުރުވެރިން ވެލާނާ އެއަރޕޯޓް
· 2،967 ފަތުރުވެރިން ހަނިމާދޫ އިންޓަނޭޝަނަނަލް އެއަރޕޯޓްން
· 4،554 ފަތުރުވެރިން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްން
· 2،554 ފަތުރވެރިން ވިލާ އިންޓަނޭޝަނަލް އެއަރޕޯޓްން
· 1،133 ފަތުރުވެރިން ދާލު އިންޓަނޭޝަނަލް އެއަރޕޯޓްން
· 4،962 ފަތުރުވެރިން ގަން އިންޓަނޭޝަނަލް އެއަރޕޯޓްން
· 15،577 ފަތުރުވެރިން ކަނޑު އުޅަނދުފަހަރުން