Health Featured

މިހާތަނަށް ހިމަބިހި ޖެހިފައިވަނީ 243 ފަރާތަކަށް - އެޗްޕީއޭ

Placeholder banner 3Placeholder banner 1Placeholder banner 2
މިހާތަނަށް ހިމަބިހި ޖެހިފައިވަނީ 243 ފަރާތަކަށް - އެޗްޕީއޭ
ތަފްޞީލް

މިހާތަނަށް ހިމަބިހި ޖެހިފައިވަނީ 243 ފަރާތަކަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން އާއްމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު ނިމިދިޔަ ހަފްތާގައި 17 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ. މި 17 މީހުންނަކީވެސް މާލޭ ސަރަޙައްދުން ހިމަބިހި ޖެހިފައިވާ މީހުން ކަމަށެވެ.

 

ހިމަބިހީގެ ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ޖަހާ 20 ހާސް ވެކްސިން ޑޯޒް ދާދިފަހުން އިންޑިއާއިން ރާއްޖެ ވަނީ ހަދިޔާ ކޮށްފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި 16،045 ފަރާތަކަށް ހިމަބިހީގެ ވެކްސިން ވަނީ ދެވިފައެވެ. ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ވާކަމަށް ކަނޑައެޅިފަހުން ހިމަބިހި ޖެހިފައިވާ ގިނަ ފަރާތްތަކެއް ފެނިފައި މިވަނީ މިއަހަރުގެ ތެރޭގައެވެ.

 

ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާކެވިފައިވާ ޤައުމެއް ކަމަށް 2017 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ (ޑަބްލިޔޫ އެޗް އޯ)އިން ވަނީ ކަނޑައާފައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ބިދޭސިންގެ ގައިން ހިމަބިހީގެ ޢަމާލާތްތައް ފެނިގެން ފަރުވާ ކޮށްފައިވާ ކަމަށް ސިއްޙީ ދާއިރާއިން މައުލޫމާތު ދެއްވައެވެ. 


Share this article: Facebook Twitter WhatsApp