Sports Featured

މެލޭޝިޔާގައި ބޭއްވި ތާރީޚީ ބައިބަލާ މުބާރާތުގެ ތަޖު: ދިވެހި ސަގާފީ ކުޅިވަރު ބައިނަލްއަޤްވާމީ މައިދާނަށް!

Advertisement
މެލޭޝިޔާގައި ބޭއްވި ތާރީޚީ ބައިބަލާ މުބާރާތުގެ ތަޖު: ދިވެހި ސަގާފީ ކުޅިވަރު ބައިނަލްއަޤްވާމީ މައިދާނަށް!
Photo: baibalaa.association
ތަފްޞީލް

ރާއްޖޭގެ އެންމެ ފޯރިގަދަ އަދި ސަގާފީ އެއް ކުޅިވަރު ކަމަށްވާ ބައިބަލާ، ރާއްޖެއިން ބޭރުގައި ފުރަތަމަ ފަހަރަށް ބޭއްވުމުގެ ތާރީޚީ މުބާރާތް މެލޭޝިޔާގައި ބާއްވައި، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި މާލެއިން ދިޔަ ހުނަރުވެރި ކުޅުންތެރިން ބައިވެރިވި މި މުބާރާތަކީ MADI އާއި ބައިބަލާ އެސޯސިއޭޝަން ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.


ވާދަވެރި މެޗުތަކަކަށްފަހު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ޒެޕޯ (Zeppo) އާއި މާޒިޔާސްޕޯޓްސް އެންޑް ރެކްރިއޭޝަން (Maziya Sports) އެވެ. ފޯރިގަދަ ކުޅުމަކަށްފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ތަށި އުފުލާލީ މާޒިޔާއިންނެވެ. މުބާރާތުގެ ރަނަރއަޕް ކަން ޒެޕޯ ހޯދިއިރު، ސެމީ ފައިނަލްގައި ޒެޕޯ ނިއު ޖެނެރޭޝަން އަދިއޮޑި ސްޕޯޓްސް ކްލަބް ވަނީ ތަފާތު ބޮޑު ވާދަވެރިކަމެއް ދައްކާފައެވެ.

baibalaa,association - Mr.Baibalaa

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "މިސްޓަރ ބައިބަލާ" ގެ މަޤާމު ހޯދާފައިވަނީ ރަނަރ އަޕް ޓީމަށް މޮޅު ކުޅުމެއް ދެއްކި މުޙައްމަދު ނަައްވާފް (މާކީ) އެވެ. މާކީ ވަނީ މުބާރާތުގެ މުހިންމު މެޗުތަކުގައި ތަފާތު ބޮޑު ކުޅުމެއް ދައްކައި ޓީމު ފައިނަލާ ހަމައަށް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

baibalaa.association

މެލޭޝިޔާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ދަނޑަށް ވަދެ ސަޕޯޓުކޮށްފައިވާއިރު، ލައިވްސްޓްރީމް މެދުވެރިކޮށް އެތައް ހާސް ބަޔަކު ވަނީ މެޗުތައް ބަލައިފައެވެ. ދިވެހިންގެ އަމިއްލަ ސަގާފީ ކުޅިވަރެއް ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ބޮޑު ތަރުޙީބަކާއެކު ބޭއްވިގެން ދިއުމަކީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް