News Featured

މަސްތުވާ ތަކެތީގެ މައްސަލަ ތަކުގައި މިދިޔަ ހަފްތާ 28 މީހަކު ވަނީ ބަނދުކޮށްފައި

Advertisement
މަސްތުވާ ތަކެތީގެ މައްސަލަ ތަކުގައި މިދިޔަ ހަފްތާ 28 މީހަކު ވަނީ ބަނދުކޮށްފައި
Photo: Social Media
ތަފްޞީލް

މިދިޔަ ހަފްތާ ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕްރޭޝަން ތަކުގައި މާލެ އާއި 6 ރަށަކުން 28 މީހަކު ވަނީ ބަނދުކޮށްފައެވެ.

 

މަސްތުވާ ތަކެއްޗާއި ގުޅިގެން ފުލުހުން މިދިޔަ ހަފްތާގައި ހިންގި އޮޕަރޭޝަން ތަކުގައި މާލެ ސަރަހައްދުން 15 މީހަކާއި، ގއ. މާމެންދޫން 3 މީހަކާއި، ރ މަޑުއްވަރީން 2 މީހަކާއި، ކުރެންދޫން މީހަކާއި، ކާށިދޫން 5 މީހަކާއި، ސ. ހުޅުދޫން މީހަކާއި، އަދި އިހަވަންދޫން މީހަކު ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި ދިވެހިންނާއި ބޭރު ޤައުމުތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.  

 

ފުލުހުން ހިންގި މި އޮޕްރޭޝަން ތަކުގައި 19 ކިލޯ 565 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މަސްތުވާ ތަކެއްޗާއި ގުޅިގެން މާލޭގެ ގެސްޓްހައުސްއެއް ބަލާފާސްކޮށް 9 ބަނގްލަދޭޝް މީހުން ހައްޔަރު ކޮށްފައިވާއިރު އެމީހުން އަތުން އަތުލައި ގަނެވުނީ ކިހާ ޢަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ހާމަކޮށްފައެވެ ނުވެއެވެ.

 

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތު ތަކުން ފެންނަ ގޮތުގައި މިދިޔަ ހަފްތާގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަން ތަކުގައި ގއ. މާމެންދޫން 17.7 ކިލޯގެ ބަރުދަނަށްވުރެ ގިނަ މަސްތުވާތަކެތި އަދި މާލެއިން 1.7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައެވެ. 

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް