Politics Featured

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވޯޓް ދިންގޮތް މުޤައްރިރު ވަނީ އޮޅުވާލައިފައި - ޑރ. ޝަމްހީދު

Placeholder banner 2Placeholder banner 3Placeholder banner 1
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވޯޓް ދިންގޮތް މުޤައްރިރު ވަނީ އޮޅުވާލައިފައި - ޑރ. ޝަމްހީދު
ތަފްޞީލް

މާލީއްޔަތު ކޮމިޓީގެ ވޯޓާއި ގުޅިގެން ބައެއް ނޫސްތަކުން އާއްމު ކޮށްފައިވާ މައުލޫމާތަމީ ޙަޤީޤަތާއި ހިލާފު ވާހަކައެއް ކަމަށާއި އެކަން ހިނގާފައިވާގޮތް ޑރ. ޝަމްހީދުވަނީ އެކްސް ޕޯސްޓް މެދުވެރިކޮށް ވިދާޅުވެ ދެއްވާފައެވެ. 


ޑރ. ޝަމްހީދު ހާމަކުރެއްވި ގޮތުގައި ބޭރުފައިސާ އާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމަަށް މަޖިލީހުގެ ކޮމިޓީގައި ދިރާސާ ކުރަމުން ދިޔައިރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށަހެޅުއްވި އިޞްލާޙް އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ދެއްވި ވޯޓަކީ ޕީއެންސީ ހުށަހެޅި މުޅި އިޞްލާހަށް ދެއްވި ވޯޓް ކަމަށްބުނެ ކޮމިޓީން ނިންމާލަމުން ކޮމިޓީގެ މުޤައްރިރު އިއުލާން ކުރުމުން އެމްޑީޕީ މެންބަރު ޑރ. ޝަމްހީދު ވަނީ ނުރުހުން ފާޅުކޮށް އެބައި މާލިއްޔަތު ކޮމިޓީގެ ނިންމުމުން އުނިކުރުމަށް އެދިލައްވާފައެވެ. 


ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ބޭރުފައިސާ އާއިބެހޭ ބިލް ދިރާސާ ކުރުމުގެ ބައްދަލު ވުމުގައި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ހުށަހެޅުއްވި އިސްލާހަށް ވޯޓް ދީފައިވާގޮތްވެސް މާލިއްޔަތު ކޮމިޓީގެ ވޯޓް ތަފްޞީލުގައި ނުހިމަނުއްވާ ހަމައެކަނި ހިމަނުއްވާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ބޭނުންވާ ގޮތަށް ކޮމިޓީގައި ވޯޓް ލިބުނުގޮތް ކަމަށް ކޮމިޓީގެ މުޤައްރިރު ނިންމެވި ގޮތެވެ.


މީގެ އިތުރުން ޕީއެންސީން ކޮމިޓީއަށް ހުށަހަޅާފައިވާ އިޞްލާޙް ތަކާއެކު ބިލް ފާސް ކުރުމަށް ވޯޓަށް އެހުމުންވެސް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ވޯޓް ދެއްވާފައެއް ނުވެއެވެ.

Share this article: Facebook Twitter WhatsApp
Related Articles