News Featured

މާލެއިން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އަތުލައިގަނެފި!

Advertisement
މާލެއިން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އަތުލައިގަނެފި!
Maldives Police Service
ތަފްޞީލް

މާލެއިން ހދ. ކުޅުދުއްފުށި ސިޓީއަށް ބޯޓެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރައް، ކާރނޭޝަންވިއު، ޢުމުރުން 35 އަހަރުގެ އިބްރާހީމް ކަލީމް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 18 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ކުރިއަށް ގޮސްފައިވަނީ އިންޓެލިޖެންސްގެ އިތުރުން ކުޅުދުއްފުށި ޕޮލިސް، ހަނިމާދޫ ޕޮލިސް އަދި އަޕަރނޯތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެންނެވެ.


ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގެ ބަނދަރު ސަރަހައްދުންނެވެ. އެއާއެކު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 29.86 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.


މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.


މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް