ލިބޭ އަމްދަނީގެ %40 މާރު ކުރުމަކީ ބޮޑު ބުރައެއް - މަޓީ



ދިވެހިރާއްޖޭގައި ހިންގާ ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40ގެ ޑޮލަރު މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މާރުކުމަކީ އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ބުނެފިއެވެ.
މަޓީން މިހެން ބުނެފައިވަނީ މަރުކަޒީ ބޭންކްގެ ގަވަރުނަރު ނޫސް ވެރިންގެ ބައްދަލު ވުމެއްގައި ވިދާޅުވި ވާހަކަ އަކާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 2026 އޯގަސްޓް 28 ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަރުކަޒީ ބޭންކްގެ ގަވަރުނަރު ވިދާޅުވީ ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %20 ޕަސެންޓް މަރުކަޒީ ބޭންކަށް މާރުކުރާ ގޮތަށް ޤާނޫނަށް ގެންނަ އޮތް އިޞްލާޙު ބަދަލު ކުރައްވައި %40 އަށް ބޮޑު ކުރުމަށް އިޞްލާޙް ހުށަހަޅުވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން މަޓީގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަރުކަޒީން ބޭންކް ހުށަހަޅާ އިސްލާޙްގައިވާ %40 އަކީ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓްތަކަށް އުލޭނެވަރުގެ ބުރައެއް ނޫން ކަމަށާއި މިހާރުވެސް ރިސޯޓްތަކުން ހިންގާ މައިގަނޑު ހުރިހާ މުޢާމަލާތެއް ކުރަމުންދަނީ ޑޮލަރުން ކަމަށް ވާތީއެވެ.
މަޓީން ފާހަގަ ކޮށްފައިވާ ގޮތުގައި މުވައްޒަފުންގެ މުސާރަ އާއި ސަރވިސް ޗާޖާއި ސަޕްލައި އާއި ލޮޖިސްޓްގެ ހުރިހާ ކަމެއްގައި މިހާރުވެސް ދައްކަމުންދަނީ ދަނީ ޑޮލަރުން ކަމަށެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ވިތް ހޯލްޑިންގ ޓެކްސް އާއި އިންކަމް ޓެކްސް އާއި ބިމުކުލީގެ ފައިސާ ދައްކަމުން ދަނީވެސް ޑޮލަރުން ކަމަށެވެ. ހަމަ އެއާއިއެކު ރިސޯޓް ތަރައްޤީ ކުރުމަށް ނަގާ ލޯނުތައްވެސް އަދާ ކުރަމުންދަނީ ޑޮލަރުން ކަމަށް މަޓީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.