ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި!

މާލެ — ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އޮޕޮރޭޝަން ހިނަގިފައި ވަނީ، ނައިފަރު ޕޮލިސް ސްޓޭޝަން އާއި އީންޓެލިޖްންސް ޑިޕާރޓްމެންޓާއި ގުޅިގެންނެވެ.
ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަޙުޤީޤު ކުރިއަށްގެންދިއުމަށްޓަކައި އެ މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޅ. އަތޮޅުގެ ރަށްރަށުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ފުލުހުން ވަރުގަދަކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.